logo

ދުންފުހުގެ އަސަރު ބޮޑުވެ، ރައްކާތެރިވުމަށް އިލްތިމާސް ކޮށްފި

profile

އައިޝަތު އިނާޝާ - 16 ފެބްރުއަރީ 2026 - 06:32

ނުރައްކާ މިންވަރަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފި އެވެ.

https://wamco.com.mv/

މެޓުން ބުނީ ދުންފުހުގެ އަސަރު މިއަދު މުޅި ރާއްޖެ އަށް، ހާއްސަކޮށް މެދުރާއްޖެތެރޭގެ ހިސާބުތަކަށް ކުރަމުންދާ ކަމަށެވެ. ދުރު ފެންނަ މިންވަރު މޫސުމާ ބެހޭ ރިޕޯޓުތަކުގައި ތިން ކިލޯމީޓަރަށް ވުރެ ދަށުން ރިޕޯޓް ކުރަމުންދާ ކަމަށް މެޓުން ވަނީ ބުނެފައެވެ.

އަދި ކުރިއަށް އޮތް ފަސް ދުވަހު ވެސް އިރުއުތުރުން އަންނަ ވަޔާ އެކު، ދުންފުހުގެ އަސަރު ރާއްޖެމަތީގައި ހުންނާނެ ކަމަށް ބެލެވޭ ކަަމަށް ވެސް މެޓުން ބުނެއެވެ. އެހެންވެ، މެޓުން ވަނީ ބޭރުގައި އުޅޭއިރު އާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.

މާލޭ ސަރަހައްދުގައި ވައިގެ ކޮލެޓީ ނުރައްކާތެރިވާ މިންވަރަށް މަތިވެފައިވާތީވެ، އެޗްޕީއޭ އިން ވަނީ ވައި ނުސާފުވާ ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތަައްތައް ސޯޝަލްމީޑިއާގައި ހިއްސާކޮށްފައެވެ.

އެގޮތުން ވައި ނުސާފު ވަގުތުތަކުގައި ރައްކާތެރިވެ ސަމާލުކަން ދޭންވީ ކަންތައްތަކުގެ ތެރޭގައި، ފުއްޕާމޭގެ ބަލިތަކާއި ހިތުގެ ބަލި، އެލާޖީ މައްސަލަތައް ހުންނަ މީހުން ގެއިން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި، ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރިވެ މާސްކު އެޅުމާއި، ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުންނާއި މާބަނޑު މީހުން ބޭރުގައި ގިނަ ވަގުތު ހޭދަނުކުރުމާއި، ތުއްތު ކުދިން ބޭރަށް ނުނެރުމާއި، ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމާއި، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތު ކުރުން ފަދަ ކަންތައްތައް މަޑުޖައްސާލުން ހިމެނެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk