
ކުޅިވަރުގެ ދާއިރާތަކަށް ވީ ވަޢުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫން، އެވައުދުތައް ދަނީ ފުއްދަމުން: މިނިސްޓަރު ރާފިއު

އައިޝަތު އިނާޝާ - 16 ފެބްރުއަރީ 2026 - 06:32
މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރު ދާއިރާތައް ވީ ވަޢުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫންކަމަށާއި އެވަޢުދުތައް ސަރުކާރުންދަނީ ފުއްދަމުން ކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފަވަނީ "މޯލްޑިވްސް ސްޕޯޓްސް އެވޯޑު 2025" ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި ކުޅިވަރުގެ ދާއިރާތައް ހިންގުން ހަރުދަނާ ކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. ވިދާޅުވީ މިސަރުކާރުން ވެރިކަމާއި ހަވާލުވުމަށްފަހު ކުޅިވަރު ދާއިރާތަކަށް ވީ ވައުދުތަކަކީ ހަމައެކަނި ދައްކާ ވާހަކަތަކެއް ނޫންކަމަށާއި އެވަޢުދުތައް ސަރުކާރުންދަނީ ފުއްދަމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނަކީ ސަރުކާރުން ކުޅިވަރަށް ގެންދަން ބޭނުންވާ މިސްރާބު ދައްކުވައިދޭ ޕްލޭނެއް، ކަމަށެވެ. އެގޮތުން ޢުމްރާނީ ތަރައްގީގެ މަޝްރޫޢުތަކާއި އަލަށް ކުޅިވަރަށް ނުކުންނަ ކުދިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމުތަކާއި، މަތީ ފަންތީގެ ތަމްރީނުތަކާއި، އަދި ބައިނަލްއަގްވާމީ މައިދާނުގައި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް މިހާރުވަނީ ގައުމީ ދުރު ރާސްތާގެ ލަނޑުދަނޑިތަކާއި އެކު ބައްޓަންކުރެވިފައި ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރު ވިދާޅުވީ ކުޅިވަރުގެ ދާއިރާތައް ކުރިއެރުވުމަށް ސަރުކާރުގެ ތަސައްވުރަކީ ބިނާކުރާ ކޮންމެ ތަނަކީ، ހަމަ އެކަނި ކުޅޭ ތަނަކަށް ހެދުމެއް ނޫން ކަމަށާއި އެތަނުގައި ބިނާކުރަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުޅިވަރު ކުރިއަރާނެ ވަރުގަދަ ނިޒާމެއް ކަމަށެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ކުޅިވަރުގެ ދާއިރާއިން ދިވެހިރާއްޖެއަށް ޚިދުމަތްކޮށްދެއްވާފައިވާ އަދި ޚިދުމަތްކޮށްދެއްވަމުންގެންދަވާ ފަރާތްތަކުގެ އަގުވަޒަންކުރެއްވުމުގެ މަޤްޞަދުގައި، ދިވެހިރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އިހުތިފާލެވެ. މިރޭގެ ޙަފުލާގައި ފާހަގަކުރައްވާފައިވަނީ 2024 ވަނަ އަހަރުގެ ކާމިޔާބީތަކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ފުލުހުންގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ މުޖުތަމަޢުގެ އާންމު މަސްލަހަތު ނެގެހެއްޓުން: އޭސީޕީ
ގަޑިއިރެއް ކުރިން

ކުޑަ ކުއްޖަކަށް ޖިންސީގޯނާކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
4 ގަޑިއިރު ކުރިން

ޕިކަޕެއް ގައިމައްޗަށް ވެއްޓި 60 އަަހަރުގެ ދިވެއްސަކު ނިޔާވެއްޖެ
4 ގަޑިއިރު ކުރިން
.png&w=3840&q=75)
ދެއްވަދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ދެ މީހަކު ހައްޔަރުކޮށްފި
5 ގަޑިއިރު ކުރިން


.gif&w=3840&q=75)