
ހުޅުމާލެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަ ފްލޫ ކްލިނިކެއް ހުޅުވައިފި

އާމިނަތު ޝަޒްލާ - 06 ޖޫން 2026 - 12:03
ހުޅުމާލެ ހޮސްޕިޓަލުގައި ހައްޖުވެރިންނަށް ހާއްސަކޮށްގެން ފްލޫ ކްލިނިކެއް ހުޅުވައިފިއެވެ. މި ކްލިނިކުން ހިދުމަތް ލިބިގެންދާނީ ކޮންމެ ދުބަހެއްގެ މެންދުރު 2:00 އިން ރޭގަނޑު 10:00 އަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން ވަނީ ހުން އައިސް ރޯގާގެ އަލާމަތްތައް ހުންނަ ފަރާތްތަކުން އެހޮސްޕިޓަލުގެ މައި ދޮރާށި ކައިރީގައި ބަހައްޓާފައިވާ ސްކްރީން ޑެސްކަށް ވަޑައިގަތުމަށް އެދިފައެވެ. އަދި ކްލިނިކަށް އަންނައިރު، މާސްކު އެޅުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
ރޭގެ ވަގުތެއްގައި ފުރަތަމަ ގްރޫޕް ރާއްޖެ އައިސްފައިވާ އިރު، މާދަމާ، އަދި ހޯމަ އަދި އަންގާރަ ދުވަހު ހައްޖުވެރިން ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ. ހައްޖުވެރިން އައުމަށް ހަމަޖެހިފައިވަނީ ހަތަރު ދުވަހަކަށް ބަހާލައިގެން މޯލްޑިވިއަން އަދި ސައުދީ އެއާލައިނުގައެވެ.
މާދަމާ ރާއްޖެއަށް ޙައްޖުވެރިންގެ ދެވަނަ ފްލައިޓު އަންނައިރު މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ޖައްސަން ހަމަޖެހިފައިވަނީ އެދުވަހު ރާއްޖެ ގަޑިން 17:40 ގައެވެ. މި ދުވަހު ހައްޖުވެރިން ރާއްޖެ އަންނާނީ ޤައުމީ އެއަރލައިން މޯލްޑިވިއަންގައެވެ.
ޙައްޖުވެރިންގެ 3 ވަނަ ފްލައިޓު ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 8ވަނަ ދުވަހު ރާއްޖެ ގަޑިން 14:00 ގައެވެ. މިއީ ސައުދިއަރ އެއަރލައިންގެ ފްލައިޓެއް ކަމަށް ދިވެހި ހައްޖު މިޝަނުން ވަނީ ބުނެފައެވެ. ފަހު ފްލައިޓު މިމަހުގެ 9 ވަނަ ދުވަހު ރާއްޖެ އަންނައިރު، މި ފްލައިޓު ރާއްޖޭގައި ޖައްސާނީ ހަވީރު ދަންވަރު 12:00 ޖަހާއެހައިކަށްހާއިރު ކަމަށް ދިވެހި ހައްޖު މިޝަންއިން ވަނީ ބުނެފައެވެ.
މިއަހަރު ރާއްޖެއިން ޖުމްލަ 1،019 މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވިއެވެ.
ގުޅުން ހުރި ޙަބަރުތައް

މެއިންޓެނެންސް މަސައްކަތެއް ކުރާތީ މިރެއާ މާދަމާ ކާޑުގެ ހިދުމަތްތަކަށް ބުރޫ އަރާނެ: ބީއެމްއެލް
12 ގަޑިއިރު ކުރިން

ޤައުމީ ޤުރްއާން މުބާރާތުގެ އެއްވަނައަށް ޚާއްޞަ ޕީއެޗްޑީ ސްކޮލަރޝިޕް އުސޫލު ނެރެފި
13 ގަޑިއިރު ކުރިން

ރޯގާ އާއި ހުން ފެތުރޭ މިންވަރު އިތުރުވާތީ ސަމާލުވާން އެދިއްޖެ
13 ގަޑިއިރު ކުރިން

ތިލަފުށީ ޕޯޓުގައި ކާގޯ ކްލިއަރެންސްގެ ޚިދުމަތް އަންނަ އޮކްޓޯބަރު މަހު ފަށަނީ
13 ގަޑިއިރު ކުރިން


