logo

އޭއައި ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ހިޔާލާއި މަޝްވަރާ މުހިއްމު: މެޑަމް ސާޖިދާ

profile

މުޙައްމަދު ފަޟްލޫން - 23 އޭޕްރީލު 2026 - 13:50

އޭއައި ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ހިޔާލާއި މަޝްވަރާ މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރާ ގާލްސް އިން އައިސީޓީ ދުވަހާއި ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސާޖިދާ ވިދާޅުވީ ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށް ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދޭންޖެހޭ ކަމަށެވެ.

ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އާޓިފިޝަލް އިންޓެލިޖެންސް ބައްޓަން ކުރުމަށް ކޮންމެ އަންހެން ކުއްޖެއްގެ ޚިޔާލާއި މަޝްވަރާވެސް އޮންނަން ޖެހޭ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރަންޖެހޭކަން ސާޖިދާގެ ޕޯސްޓްގައި ފާހަގަކުރެއްވިއެވެ.

ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށާއި، ޑިޖިޓަލް މުސްތަޤުބަލަކަށް އައު ޖީލެއް ބިނާ ކުރެވޭނެ ކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ގާލްސް އިން އައިސީޓީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް އޭޕްރިލް މަހުގެ 4 ވަނަ ބުރާސްފަތި ދުވަހުއެވެ. މިދުވަސް ފާހަގަކުރަނީ ޓެކްނޮލޮޖީ އާއި އައިސީޓީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުން އިތުރުކޮށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk