
ލިޓަންގެ ގާތިލު ނިޒާމް އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

މުޙައްމަދު ފަޟްލޫން - 22 އޭޕްރީލު 2026 - 20:49
މުހައްމަދު ލިޓަންގެ މަރުގެ މައްސަލާގައި އޭނާގެ ގާތިލް ގދ ތިނަދޫ މަނާރް، މުހައްމަދް ނިޒާމްގެ މައްޗަށް އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްޔެ އިއްވައިފިއެވެ.
މި މައްސަލައަކީ 2002 ވަނަ އަހަރުގެ ޑިސެމްބަރުމަހު ބޯޓަކުން ދަތުރު ކުރަނިކޮށް މޫދަށް ވައްޓާލައި މަރާލިކަމަށް ބުނާ ބަންގްލަދޭޝްއަށް ނިސްބަތްވާ މުހައްމަދު ލިޓަން މަރުގެ މައްސަލައެވެ.
މި މައްސަލައިގައި ދައުވާކުރަނީ ގަސްދުގައި މީހަކު މަރާލިކަމުގެ ދައުވާއެވެ.
މި މައްސަލައިގައި ގަސްދުގައި މީހަކު މެރުމުގެ ދައުވާ އިސްލާމީ ޝަރީއަތުގައި ބަޔާންކުރާ އެއްވެސް ޝައްކެއް ނެތް މިންގަނޑަށް ނިޒާމުގެ މައްޗަށް ސާބިތުނުވި ނަމަވެސް އިންސާނެއްގެ ފުރާނައަށް ފަރުވާލެއް ނެތި ކުރި ކަމަކުން މީހަކު މަރުވުމުގެ ދައުވާ ގާނޫނު ލްއުގޫބާތުގެ ދަށުން ސާބިތުވާ ކަމަށް ވަނީ މީގެ ކުރިން ނިންމާފައެވެ.
ނިޒާމުގެ މައްޗަށް ކުރި ދައުވާގައި 25 އަހަރަށް އޭނާ ޖަލަށް ލުމަށް ހުކުމްކުރި ނަމަވެސް މިހާތަނަށް ބަންދުގައި ހުރި މުއްދަތު އުނިކުރުމަށްފަހު، ދެން އޭނާ ޖަލުގައި އޮންނަން ޖެހޭނީ 21 އަހަރާއި 10 މަސްދުވަހުގެ މުއްދަތަކަށެވެ.
ގަސްދުގައި މީހަކު މަރާލުމުގެ ދައުވާގެ އިތުރުން ނިޒާމުގެ މައްޗަށް އިތުރު އެހެން ދެ ދައުވާއެއްގެ ހުކުމްވެސް ވަނީ އިއްވާފައެވެ.
އެއީ މަސްތުވާތަކެތީގެ ދައުވާ އަކާއި ވައްކަންކުރުމުގެ ދައުވާއެވެ.
ލިޓަން އާއި ނިޒާމް ތެޔޮ ބޯޓެއްގައި ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ހަބަރެއް ނުވެގެން އެ މީހުން ހޯދަން ފެށީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އެމީހުން ހޯދަމުންދަނިކޮށް ދެ މީހުން ދަތުރުކުރި ތެޔޮބޯޓު ވަނީ ކ. ހުޅުލެ ނެރު ކައިރިން ފެނިފައެވެ. އަދި ގެއްލުނުކަމަށް ބުނާ ނިޒާމް މާލެއިން ފެނިގެން ފުލުހުން އޭނާ ހައްޔަރުކުރީ 2023 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 3 ވަނަ ދުވަހުއެވެ. އެނާ ހައްޔަރުކުރީ މާލެގެ ގެސްޓް ހައުސްއަކުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ބޭންކް އޮފް މޯލްޑިވްސް އިން އައު ހޯމް ފައިނޭންސިން އެއް
24 މިނިޓު ކުރިން

ޖާބިރު ޕީއެންސީއަށް ސޮއިކުރައްވައިފި
2 ގަޑިއިރު ކުރިން

86 ކިލޯގެ ޑްރަގްސް ކަސްޓަމްސް އިން އަތުލައިގަނެފި
4 ގަޑިއިރު ކުރިން

އަންނަ ހަފުތާގައި ބޮޑުތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ފަށާނެ: އެމްޓީސީސީ
4 ގަޑިއިރު ކުރިން


.gif&w=3840&q=75)