logo
ގދ.ވާދޫގައި ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ އަސްލު ކިއުންތެރިއެއް!

ގދ.ވާދޫގައި ފުލުހުން ހަރަކާތްތެރި ވަނީ: ފޮޓޯ އަސްލު ކިއުންތެރިއެއް!

މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ގދ.ވާދޫ ފެނަކަ ބްރާޗާއި ދެ ގެއެއް ބަންދުކޮށްފި!

profile

ރިޟްވާން މޫސާ - 03 ޖޫން 2026 - 19:33

ފުލުހުން ތަހުގީގު ކުރަމުން ގެންދާ މަސްތުވާ ތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ގދ ވާދޫގައި ހުންނަ އެރަށު ފެނަކަ ބްރާންޗާއި، އިތުރު ދެ ގެއެއް ބަލައި ފާސް ކުރުމަށް އެތަންތަން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި އެވެ.

https://wamco.com.mv/

އެނގިފައިވާ ގޮތުގައި ގދ ވާދޫއަށް މިއަދުގެ ވަގުތެއްގައި ވަނީ 50 އަށް ވުރެ ގިނަ ފުލުހުން މި އޮޕަރޭޝަނުގައި ހަރަކާތްތެރި ވުމަށް ގޮސްފަ އެވެ.

ވާދޫ އިން "އަސްލު" އަށް މައުލޫމާތު ދެއްވި މީހަކު ބުނީ ފުލުހުން ހިންގާ ހާއްސަ އޮޕަރޭޝަނެއްގައި އެރަށުގެ ފެނަކަ ބްރާންޗަށް އެއްވެސް މީހަކަށް ނުވަދެވޭނެ ހެން ބަންދުކޮށް ޓޭޕް ދަމާފައިވާ ކަމަށެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި މި އޮޕަރޭޝަނާއި، ގުޅިގެން ފުލުހުން ވަނީ އެރަށުގެ ދެ ގެއެއް ފުލުހުންގެ ބެލުމުގެ ދަށުގައި ފާސްކުރުމަށް ބަންދުކޮށްފަ އެވެ.

ނަމަވެސް މި އިން އެއްވެސް ކަމެއް ފުލުހުންގެ ރަސްމީ ހައިސިއްޔަތަކުން އަދި މިހާތަނަށް ސާފުކޮށްދީފަ އެއް ނުވެ އެވެ.

ވާދޫގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނުގައި ފުލުހުން އެރަށަށް އެރި މަންޒަރާއި، އެރަށުގައި ފެނަކަ ބްރާޗް ބަންދު ކުރުމަށް ޓޭޕް ދެމި މަންޒަރާއި މި ނޫންނަސް މި ކަންކަމާއި ގުޅުހުރި މަންޒަރުތައް ޝޯސަލް މީޑިޔާ މެދުވެރިކޮށް އެރަށުގެ ބައެއް ފަރާތްތަކުން ވަނީ ލައިވްކޮށް ގެނެސްދީފަ އެވެ.

undefinedގދ.ވާދޫގައި ފުލުހުން ހަރަކާތްތެރި ވަނީ

އެނގިފައިވާ ގޮތުގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނަކީ މީގެ ކުރިން ވެސް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފުލުހުން ހިންގި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަން "އޮޕަރޭޝަން އަލިމަގު" ގެ ބައެކެވެ.

މީގެ ކުރިން ވަނީ އޮޕަރޭޝަން އަލި މަގުގައި ވާދޫ އިން 100 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރި މައްސަލަ އެއްގައި 6 މީހަކު ހައްޔަރުކޮށްފަ އެވެ. ނަމަވެސް ވާދޫ އިން މައުލޫމާތު ދެއްވި ފަރާތަކުން "އަސްލު" އަށް ބުނީ އެ ހަ މީހުން ވެސް ފުލުހުން ދޫކޮށްލާފައިވާ ކަމަށާއި، އެ މީހުން ދޫކޮށްލުމުގައި ވާދޫ އަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަތެއް ވާކަމަށެވެ.

ވާދޫގެ ފެނަކަ ބްރާންޗް ފުލުހުން ނުވަދެވޭނެހެން ބަންދުކޮށްފައިވާއިރު މަސްތުވާ ތަކެތީގެ މި ތުހުމަތުގައި ފެނަކައިގައި މަސައްކަތް ކުރާ އިސް ފަރާތްތަކުން ޝާމިލު ވާކަމަށް އެރަށުގެ ބައެއް ފަރާތްތަކުން ވެސް ތުހުމަތު ކުރެ އެވެ.

ވާދޫ އަކީ ގާތްގަނޑަކަށް 1800 އެއްހައި މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. މި ރަށަކީ މީގެ ކުރިން ވެސް މަސްތުވާ ތަކެތީގެ ބޮޑެތި ނެޓްވޯކް ތަކާއި ގުޅިފައިވާ ރަށެއްކަން ވަނީ ފާހަގަ ކުރެވިފަ އެވެ.

މި ކަންކަމާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދާލުމަށް ސުވާލުކުރުމުން އަދި މިހާތަނަކަށް ޖަވާބެއް ދީފައެއް ނުވެ އެވެ.

ނަމަވެސް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން އަލިމަގުގައި ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއެކު ވަރަށް ގިނަ ފަރާތްތަކުން ހައްޔަރުކުރަމުންދާކަމަށާއި، ކާމިޔާބު ކަމާއެކު މި އޮޕަރޭޝަން ކުރިއަށްދާކަން ފާހަގަކޮށްލެވެ އެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk