
ޔަހޫދީން ލުބުނާނަށް ހަމަލާދީފިނަމަ ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު އީރާނުން ދީފި

ރިޟްވާން މޫސާ - 04 ޖޫން 2026 - 12:23
ޔަހޫދީ ނިރުބަވެރި ޖަމާއަތުން ލުބުނާނަށް ހަމަލާދީފިނަމަ ހަނގުރާމަ އަލުން ފަށާނެ ކަމުގެ އިންޒާރު އީރާނުން ދީފި އެވެ
ލުބުނާނުގެވެރިރަށް ބައިރޫތަށް ޙަމަލާދިނުމަށް ޔަހޫދީ ދައުލަތުގެ ހައްދުފަހަނައެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ އަމުރުކޮށްފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ދެކެވުނު ހޫނު ވާހަކަތަކަކަށް ފަހު އީރާނުން ވަނީ އެ ޢުދުވާން މަޑުޖައްސައިލާފައެވެ.
މި ދަނޑިވަޅުގައި، އެމެރިކާ މެދުވެރިވެގެން ކުރިއަށްދިޔަ މަޝްވަރާތަކަށް ފަހު، ލުބްނާނާއި ޔަހޫދީ ދައުލަތުން ވަނީ ޙަމަލާ ބަދަލުކުރުން މެދުކަނޑައިލުމުގެ އެއްބަސްވުން އައުކުރުމަށް ނިންމާފައެވެ. މި އެއްބަސްވުމުގެ ދަށުން، "ޕައިލެޓް ޒޯންތަކެއް" ކަނޑައަޅައި، އެ ސަރަޙައްދުތައް ބެލެހެއްޓުމުގެ ފުރިހަމަ ބާރު ލުބްނާންގެ އަސްކަރިއްޔާއަށް ދޭނެއެވެ. އަދި، ދައުލަތުން ބޭރު ހަތިޔާރުއެޅި ޖަމާޢަތްތަކަށް އެ ސަރަޙައްދުތަކުގައި ހަރަކާތްތެރިވުން މަނާވާނެއެވެ.
ހުޅަނގު އޭޝިޔާގެ މަސްރަޙު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓުނީ، ޞަޔްހޫނީން ރުއްސުމަށް އެމެރިކާއިން އީރާނާ ދެކޮޅަށް ފެބުރުވަރީ 28 ގައި ޢައިރުޤާނޫނީ ހަނގުރާމައެއް ފަށައި، 3,000 އަށްވުރެ ގިނަ މީހުން ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
އީރާނުން ވަނީ، ބަދަލުހިފުމުގެ ގޮތުން ޔަހޫދީ ދައުލަތަށާއި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ޤައުމުތަކަށް ޙަމަލާދީ، ހުރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޕާކިސްތާނުން މެދުވެރިވެގެން އެޕްރީލު 8 ގައި ހަމަޖެއްސި ޙަމަލާތައް މެދުކަނޑައިލުމުގެ އެއްބަސްވުން ދެމިއޮތް ނަމަވެސް، ދެކުނު ޤަޝަމު ޖަޒީރާގައި ހުރި އީރާނުގެ މުވާޞަލާތީ މަރުކަޒަކަށް އެމެރިކާއިން ދާދިފަހުން ދިން ޙަމަލާގެ ބަދަލުގައި، އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ވަނީ ކުވަޔިތާއި ބަޙްރަޔިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ވަރުގަދަ ޙަމަލާތަކެއް ދީފައެވެ.
ގުޅުން ހުރި ޙަބަރުތައް

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
20 ގަޑިއިރު ކުރިން
ހަމަޖެހުން ގާއިމުވުމުން އުޅަނދުފަހަރަށް ދަތުރުފަތުރުގެ ހުއްދަ ދޫކުރަން ފަށާނެ ކަމަށް އީރާނުން ބުނެފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)