
މިފްކޯއިން އާމްދަނީ ހޯދުމަށް އިތުރު ގޮތްތައް ހޯދުމަށް މަސައްކަތް ކުރަނީ

ރިޟްވާން މޫސާ - 04 ޖޫން 2026 - 12:23
މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން، މިފްކޯ އިން އާންމުދަނީ ހޯދުމައް އިތުރު ގޮތްތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.
މިފްކޯ އަކީ ޒަމާނުއްސުރެ ހިނގަމުން އައި ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ކުންފުންޏަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު އަނަސް ވެސް ވަނީ ވިދާޅުވެ ފަ އެވެ.
އަނަސް މިހެން ވިދާޅުވީ ކުންފުނީގެ ސެންޓަރުތަކަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި ދެއްކެވިވާހަކައިގައެވެ.
މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނައުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ، އެކަން ކުރެވޭނީ ކުންފުނީގެ އާމްދަނީ އިތުރު ކުރެވިގެން ކަމަށެވެ. އެހެންކަމުން ކުންފުނީގެ މާލީ ޤާބިލްކަން އިތުރުކުރެވޭނެ އައު ގޮތްތައް ހޯދުމަށް މެނޭޖްމަންޓުން ވަރަށް ބޮޑަށް އިސްކަންދެއްވާނެ ކަމަށެވެ. އަދި މީގެ އިތުރުން އަނަސް ވިދާޅުވީ މިފްކޯއަކީ ސައްތައިން ސައްތަ ސަރުކާރުގެ ހިއްސާ އޮންނަ ކުންފުންޏަކަށް ވެފައި، ކުންފުނި ހިންގުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެނައުމަކީ އޭނާގެ މައިގަނޑު ތަޞައްވުރު ކަމަށެވެ.
އޭނާ ވިދާޅުވީ ހަމައެކަނި މަސް އެކްސްޕޯޓް ކުރުމުގެ ބަދަލުގައި އިތުރު އާމްދަނީ ލިބޭނެ ގޮތްތައް ހޯދަންޖެހޭ ކަމަށެވެ. މިގޮތުން މެނޭޖްމަންޓުން ކުންފުނީގެ އޮޕަރޭޝަން ޑައިވާސިފައި ކޮށް، އައު މާކެޓުތައް ހޯދައި، އަޅުގަނޑުމެންގެ އުފެއްދުންތަކަށް އަގު އެއްކުރާނެ އިތުރު ގޮތްތަކެއް ހޯދަން މަސައްކަތް ކުރާނެކަމަށް ސީއީއޯ އަނަސް ވިދާޅުވިއެވެ.
ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ ހާލަތައް ބަލާއިރު އެމްޓީސީސީން ކޫއްޑޫގައި ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

މިފްކޯއިން ކަނޑުއޮތްގިރީގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފި
15 ގަޑިއިރު ކުރިން

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ހުޅުވާލައިފި
17 ގަޑިއިރު ކުރިން

ފްރެންޗައިޒްގެ އެންމެ ކާމިޔާބު ފެށުމާއެކު 64.35 ކުރޯޑް ރުޕީސް ހޯދައި، "ޓޯޓަލް ދަމާލް" ގެ ރެކޯޑް މުގުރާލައިފި
17 ގަޑިއިރު ކުރިން

އެމްޓީސީސީއާއި ބީއެމްއެލް ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި
19 ގަޑިއިރު ކުރިން


.gif&w=3840&q=75)