
އަމީނީ މަގުގެ ހަލާކުވެފައި ހުރި ސަރަހައްދުގައި އަންނަ ހަފްތާގައި ތާރުއަޅަނީ

ރިޟްވާން މޫސާ - 25 ޖުލައި 2026 - 09:09
އަމީނީ މަގު މަރާމާތު ކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނިން ވިދާޅުވެއްޖެއެވެ.
އަމީނީ މަގުގެ ތާރުޔ އަޅައި އެ މަގުގެ މަސައްކަތް އެންމެ ފަހުން ކޮށްފައިވަނީ ނިމިދިޔަ ސަރުކާރުންނެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތް މި ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ މަހުގެ 15 ވަނަ ދުވަހުގަ އެވެ.
އަމީނީ މަގުގެ އެކި ސަރަހައްދުތަކުން ތާރުގަނޑު ހަލާކުވެފައިވާއިރު މަގުގެ ހުޅަނގު ފަރާތު ސަރަހައްދު މާފަންނުގައި ވަނީ ވަރަށް ބޮޑަށް ތާރުގަނޑު ހަލާކުވެ އަޑިގުޑަންވެފަ އެވެ.
އަމީނީ މަގުގެ މިހާރު ހަލާކުވެފައިވާ ސަރަޙައްދުގެ މަސައްކަތް ނިންމާ ފުރަތަމަ ހުޅުވީ، 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުއެވެ. މިދިޔަ އަހަރުގެ ކުރީކޮޅުވެސް ވަނީ މާފަންނު ސްޓޭޑިއަމް ސަރަޙައްދުގެ އިރުން ހުޅަނގަށް ދުއްވާ ލޭނުން ބައެއްގައި ތާރުގަނޑު މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.
އަމީނީ މަގުގައި ތާރު އަޅަން ފެށުން -- ފޮޓޯ| އަޙުމަދު ޝުރާޢު
މާލޭ ބޮޑުތަކުރުފާނު މަގުގެ އަލަށް ހުޅުވި ސަރަހައްދުގެ ޕާކިންގ ޒޯންގައި ގަސްއިންދުމުގެ ހަރަކާތަށްފަހު "އަސްލުޓީވީ" އަށް ދެއްވި އިންޓރަވިއުއެއްގައި ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ އަންނަ ހަފްތާގެ ތެރޭގައި އަމީނީ މަގުގެ މަސައްކަތް ވެސް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ މާލޭގެ މަގުތައް ހިތްގައިމު ސާފްތާހިރު ތަނަކަށް ހެދުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ ނުނިމި ހުރި ބައިތައް ނިންމުމަށް ވެސް މަސައްކަތްތަކެއްވެސް ރާވަމުން އަންނަ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެގޮތުން ބޮޑުތަކުރުފާނު މަގުގެ ނޯތް ހާބަރ ސަރަހައްދުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާއި ދިމާލަށް އަމީނީ މަގަށް ވާގޮތަށް މުޅި ރިންގް ރޯޑު ތާރު އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ހުޅުމާލޭގެ މީހުން ނޫޅޭ އެޕާޓްމެންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
7 ގަޑިއިރު ކުރިން

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރައީސްގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތެއް!
7 ގަޑިއިރު ކުރިން

މިނިވަން ދުވަހުގެ ހަރަކާތްތަކަށް ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ރާއްޖެ ވަޑައިގެންފި
7 ގަޑިއިރު ކުރިން

5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ ދަށުން މަތިވެރީގައި ގަސް އިންދުމުގެ ހަރަކާތެއް
7 ގަޑިއިރު ކުރިން


.gif&w=3840&q=75)