logo

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައުދީން ވަފްދެއް ރާއްޖެއަށް

profile

އާމިނަތު ޝަޒްލާ - 12 މޭ 2026 - 05:48

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައުދީ އަރަބިއްޔާއިން މިއަދު 18 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވައިފިއެވެ. ދިވެހި ހައްޖުވެރިން ފުރުމުގެ އިންތިޒާމުތަކަށް ރާއްޖެއަށް ވަޑައިގަތް މި މައްކާ ރޫޓު އިނީޝިއޭޓިވްގެ ވަފުދަށް އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.

https://wamco.com.mv/

އިސްލާމީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނީ މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައުދީ އަރަބިއްޔާއިން މިއަދު ވަނީ 18 ބޭފުޅުންގެ ވަފުދެއް ވަޑައިގަންނަވާފައިވާ ކަމަށެވެ.

ޙައްޖުވެރިންގެ ދަތުރު ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަޢުދީ ޢަރަބިއްޔާއިން ކުރިއަށް ގެންދާ މައްކާ ރޫޓު އިނިޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނާފައިވަނީ 1446 ވަނަ އަހަރުގެ ޙައްޖު މޫސުމުގައެވެ. މިދިޔަ އަހަރު ދިވެހިރާއްޖޭގައި މި ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

ރާއްޖެއަށް އެ ހިދުމަތް ލިބިފައިވަނީ އިސްލާމީކަންތައްތަކާއި ބެހޭ ވުޒާރާއިން ސައުދީގެ ކަމާބެހޭ އިސްވެރިންނާއެކު ކުރެވުނު މުހިއްމު މަޝްވަރާތަކަކަށް ފަހުގައެވެ.

މި ޚިދުމަތާއެކު ދިވެހި ޙައްޖުވެރިން ސަޢުދީއަށް އެތެރެވުމުގެ ކުރިން ސަޢުދީ ޢަރަބިއްޔާގެ އިމިގްރޭޝަން ނިމޭއިރު، ޙައްޖުވެރިންގެ ފޮށިތައްވެސް މައްކާ ރޫޓު އިނިޝިއޭޓިވްގެ ފަރާތުން ޙައްޖުވެރިން ތިއްބަވާ ހޮޓަލާއި ހަމައަށް ގެންގޮސްދެއެވެ. އެހެންކަމުން ޙައްޖުވެރިން ޖިއްދާ އެއަރޕޯޓުގައި ހޭދަކުރަން ޖެހޭ ވަގުތު ވަރަށް ބޮޑަށް މަދުވެ، ޙައްޖުވެރިންގެ ދަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދެއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk