logo

ސަރުކާރުން ނޫސްވެރިންނާމެދު އަމަލުކުރާގޮތް ރައީސް ނަޝީދު ކުއްވެރިކޮށްފި

profile

އާމިނަތު ޝަޒްލާ - 11 މޭ 2026 - 13:40

ސަރުކާރުން ނޫސްވެރިންނާ،މެެދު އަމަލުކުރާގޮތް ކުރީސްގެ ރައީސް ނަޝީދު ކުއްވެރި ކުރައްވައިފިއެވެ. ރައީސް ނަޝީދު މިކަން ހާމަކޮށްފައިވަނީ މިއަދު އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައެވެ.

https://wamco.com.mv/

ރައީސް ނަޝީދު ވިދާޅުވީ " ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާ އުފުލައި، މަސްދަރު ހާމަކުރަން މަޖުބޫރުކޮށް، ނޫހުގެ އޮފީސް ރެއިޑްކޮށް، މުދަލާއި ސާމާނު ހިފެހެއްޓުމާއި، ނުރުހޭ ސުވާލެއް ކުރީމަ ޕްރެސް ކޮންފެރެންސްތަކުން ނޫސްވެރިން ނެރެލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ކަމަށެވެ.

"އަދަދު" ނޫޙުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ އެ ނޫހުގެ ސީއީއޯ، ހުސެއިން ފިޔާޒް މޫސާއާއި އެޑިޓަރު، ހަސަން މުހައްމަދުގެ މައްޗަށް ގަޒުފް ކުރުމުގެ ކުށުގެ ދައުވާ ކުރާ ކަމަށް ބުނެފައެވެ.

އަދި އެ ކޯޓުން ވަނީ އެ ޑޮކިއުމެންޓްރީގައި ދައްކާފައިވާ އެއްވެސް ވާހަކައެއް އާއްމުނުކުރުމަށް ވެސް އަމުރުކޮށްފައެވެ.

ކޯޓު އުމުުރުގައި ވަނީ އެ ބާވަތުގެ މައްސަލަތަކަކީ ގާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކުރާ މުޖުތަމައުގެ އަހްލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން އާންމުކޮށް ހުޅުވާނުލައި ސިއްރުކޮށްގެން ކުރިއަށް ގެންދެވޭނެ ޝަރީއަތްތަކެއް ކަމަށެވ. އެހެންކަމުން އެ މައްސަލައިގައި ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީއަތާއި ގުޅުންހުރި މައުލޫމާތުތައް ނުފެތުރުމަށް ކޯޓުން ވަނީ ބުނެފައެވެ.

އަދަދު ނޫހުގެ ނޫސްވެރިޔެއް ކަމަށްވާ މުޙައްމަދު ޝަހްޒާން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިޔަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުން ވަނީ ނެރެފައެވެ.

ޝަހްޒާން ރައީސް އޮފީހުން ނެރެފައިވަނީ ރައީސް ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ބައްދަލުވުމުގައި ކުރި ސުވާލެއްގައި ކްރިމިނަލް ކޯޓުގެ ގޭގް އޯޑަރާ ޚިލާފުވެފައިވާކަމަށް ވިދާޅުވެ ރައީސް އަންގަވައިގެންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk