
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ހެލްތު އަދި މީޑިއާ މިނިސްޓަރ ރާއްޖެ ވަޑައިގެންފި

އާމިނަތު ޝަޒްލާ - 12 މޭ 2026 - 05:47
އޭޝިއާ މީޑިއާ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ސްރީލަންކާގެ ހެލްތު އަދި މީޑިއާ މިނިސްޓަރ ޑރ. ނަލިންދާ ޖަޔަތީސާ ރާއްޖެ ވަޑައިގެންފިއެވެ. ސްރީލަންކާގެ ހެލްތު އެންޑް މީޑިއާ މިނިސްޓަރ ޑރ. ނަލިންދާ ޖަޔަތީސާ ރާއްޖެވަޑައިގަތުމުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޢަބްދުﷲ ޔާމީނެވެ.
މިއަހަރުގެ ސަމިޓް ރާއްޖޭގައި އިންތިޒާމް ކުރަނީ ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއިންނެވެ.
މިއަހަރުގެ ސަމިޓުގެ ޕްރީ ސަމިޓް ވޯކްޝޮޕްތައް އިއްޔެ ފަށާފައިވާއިރު، ސަމިޓް ރަސްމީކޮށް ފަށާނީ މިއަދެވެ. މި ސަމިޓު ކުރިއަށްދާނީ މިމަހުގެ 11 އިން 14 ވިލާ ނޯޓިކާ ރިސޯޓުގައެވެ.
މި ސަމިޓްގެ ޕްލިނަރީ ސެޝަންތައް މިމަހުގެ 13ވަނަ ދުވަހާއި ހަމައަށް ކުރިއަށްދާއިރު، ސަމިޓް ނިންމާލާނީ، މިމަހުގެ 14ވަނަ ދުވަހު ކުޑަގިރީގައި ކުރިއަށްގެންދާ މުރަކަ އިންދުމުގެ ޚާއްޞަ ހަރަކާތުންނެވެ.
ގުޅުން ހުރި ޙަބަރުތައް

އައްޑޫގަ ބާއްވާ މަހާސިންތާގަ ބައިވެރިވުމަށް 500 އަށްވުރެ ގިނަ ފަރާތުން ރަޖިސްޓްރީ ކޮށްފައިވޭ: މިނިސްޓަރ ސަޢީދު
22 މިނިޓު ކުރިން

މައްކާ ރޫޓު އިނީޝިއޭޓިވްގެ އިންތިޒާމުތަކަށް ސައުދީން ވަފްދެއް ރާއްޖެއަށް
2 ގަޑިއިރު ކުރިން

ސަރުކާރުން ނޫސްވެރިންނާމެދު އަމަލުކުރާގޮތް ރައީސް ނަޝީދު ކުއްވެރިކޮށްފި
18 ގަޑިއިރު ކުރިން

"އައިޝާ" ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ބްރޯޑްކޮމުން މީޑިއާތަކަށް އަންގައިފި
20 ގަޑިއިރު ކުރިން


.gif&w=3840&q=75)