
ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް!

އާމިނަތު ޝަޒްލާ - 20 ޖޫން 2026 - 14:19
ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް، އޭގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ވ. ކެޔޮދޫއިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ވ. ކެޔޮދޫ، ސޭންޑީސައިޑް، އުމުރުން 25 އަހަރުގެ ފައުޒާން އަޙްމަދު ޙުސައިންއެވެ. އޭނާ ހައްޔަރުކުރީ އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކޮށްފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި، ވ. އަތޮޅު ފުލުހުންގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.
މި ޖޫން މަހުގެ 18 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަންގައި އޭނާ ހައްޔަރުކުރުމަށްފަހު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގް ކުރަމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ވީއައިއޭއިން މަރުހަބާ ކިޔައިފި
ގަޑިއިރެއް ކުރިން

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވީއައިއޭގެ ދަތުރުތައް އަލުން ފަށައިފި
2 ގަޑިއިރު ކުރިން
.jpeg&w=3840&q=75)
ތިނަދޫ ސިޓީ މިއުޒިއަމް މަރާމާތު ކުރާނެ ފައިސާ ސަރުކާރުގައި ނެތް: މޭޔަރ ސައުދު
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)