logo

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 20 ޖޫން 2026 - 13:12

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީގެ މެންބަރުންނަށް މިއަދު ހުޅުވާލައިފިއެވެ.

https://wamco.com.mv/

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޕާޓީގެ އެކި ކޮމިޓީތަކަށް ކުރިމަތިލުމަށް ޝައުގުވެރިވާ މެންބަރުންނަށް ގޫގުލް ފޯމް މެދުވެރިކޮށް މިއަދުން ފެށިގެން އެޕްލިކޭޝަން ހުށަހެޅޭނެ ކަމަށެވެ.

މިކަމަށް ބޭނުންވާ ފޯމު އެ ޕާޓީގެ ރަސްމީ ވެބްސައިޓުގައި މިހާރު ވަނީ ޝާއިޢުކޮށްފައެވެ.

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކުގެ މަސައްކަތުގައި ބައިވެރިވުމަށް އެދި ހުށަހެޅުމުގެ ސުންގަޑިއަކީ ޖޫން މަހުގެ 23 ވާ އާދީއްތަ ދުވަހެވެ.

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް މެމްބަރުން ހޮވަން ބާއްވާ އިންތިހާބު ބާއްވަން ތައްޔާރު ވަމުންދާއިރު އެޕާޓީ އިން ދަނީ ދާއިރާތަކުގެ އިންތިހާބު ބާއްވަން ވެސް ތައްޔާރުވަމުންނެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk