.jpeg&w=3840&q=75)
ތިނަދޫ ސިޓީ މިއުޒިއަމް މަރާމާތު ކުރާނެ ފައިސާ ސަރުކާރުގައި ނެތް: މޭޔަރ ސައުދު

އާމިނަތު ޝަޒްލާ - 20 ޖޫން 2026 - 13:54
ތިނަދޫ ސިޓިގައި ހުރި މިއުޒިއަމް އިމާރާތް މަރާމާތުކުރާނެ ފައިސާ ސަރުކާރުގައި ނެތް ކަމަށް ތިނަދޫ ސިޓީ މޭޔަރ ސައުދު އަލީ ވިދާޅުވެއްޖެއެވެ. މޭޔަރ ސައުދު މިފަދައިން ވިދާޅުވީ ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައެވެ.
ތިނަދޫސިޓީގައި ސަރުކާރުން ގާއިމް ކޮށްފައިވާ މިއުޒިއަމް އިމާރާތަކީ 38 އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ޚަރަދުކޮށްގެން ރައީސް ޔާމީނުގެ ވެރިކަމުގައި އެމްޓީސީސީ މެދުވެރިކޮށް ހަދާފައިވާ އިމާރާތެކެވެ.
މޭޔަރ ސައުދު ވިދާޅުވީ އަނިޔާވެރި ދިވެހި ދައުލަތުގެ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު ތިނަދޫ ސުންނާފަތިކޮށް މުޅިރަށް ހުޅުޖަހައި އަންދާލައި އެތައް ބަޔަކު އަނިޔާވެރި ގޮތަކަށް މަރާލައި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ކުޑަކުދިންނާއި މުސްކުޅިންނާ ހިމެނޭހެން އެންމެން ރަށުން ބާލައި ތިނަދޫ ފަޅުކޮށް 4 އަހަރު އޮތުމަށް ފަހު ތިނަދޫގެ ރައްޔިތުން އެނބުރި ރަށަށް އައި އިރު ފަޅު ޖަންގެއްޔެއްހެން އޮތް ހަވަރުތިނަދޫ އާރާސްތުކުރަން ރައްޔިތުން ފެށިކަމަށް ސައުދު ވިދާޅުވިއެވެ.
ހަވަރުތިނަދޫގެ ދެވަނަ އާބާދީ ދުވަސް 22 އޮގަސްޓް 1966 ކަމަށް ވުމާއެކު 55 އަހަރު ފުރުން 22 އޮގަސްޓް 2021 ގައި ކުލަ ގަދަކޮށް ކައުންސިލުން ފާހަނގަ ކުރި ކަމަށާއި، މިއުޒިއަމް ފާރކް ޒީނަތްތެރި ކޮށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށާއި، ނަމަވެސް ބޮޑު ޚަރަދުކޮށްގެން ހެދި އިމާރާތް ވީރާނާވާން ފަށާފައިވާ ކަމަށާއި، އެ މަސައްކަތްކުރި އެމްޓީސީސީއިންވެސް އެމަސައްކަތް ކޮށްފައޮވަނީ ފެންވަރު ދަށްކޮށް ކަން އެއްބަސްވެފައިވާ ކަމަށް މޭޔަރ ސައުދު ވަނީ ވިދާޅުވެފައެވެ.
ތިނަދޫ ސިޓީގެ ލޭންޑް މާރކަކަށް ވެފައިވާ، އިމާތް މަރާމަތް ކުރުމަށް އެތައް މިލިއަން ރުފިޔާ ޚަރަދުވާނެކަން އެ އިމާރުގެ މަރާމާތަށް ދާނެ ޚަރަދު ބެލުމަށް ހެދި އެސެސްމަންޓްއިން އެނގިފައިވާއިރު، އެ ޚަރަދު ހަމަޖައްސައިދިނުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުގެ އެކި މިނިސްޓްރީ ތަކަށް ފޮނުވާފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އަށްވެސް ހުށަހެޅު ކަމަށް މޭޔަރ ސައުދު ވިދާޅުވިއެވެ.
ސައުދު ވިދާޅުވީ ނަމަވެސް ތިނަދޫ ސިޓީގައި ހުރި މިއުޒިއަމް އިމާރާތް މަރާމާތުކުރާާނެ ފައިސާ ދައުލަތުގައި ނެތުމުގެ ސަބަބުން މިވަނީ މަރާމާތު ނުކުރެވިފައި ކަމަށެވެ. އެހެނަސް މާލޭގައިކުރަން ޖެހޭ ކޮންމެ ކަމެއް ކުރަން ސަރުކާރުގައި ފަައިސާ ހުންނަ ކަމަށާއި، ރަސްމާލެ ހިއްކައި ރާއްޖެތެރެ ހުސްކުރަން ޚަރަދު ކުރުމަށް ސަރުކާރުގައި ފައިސާ ހުންނަ ކަމަށް މޭޔަރ ސައުދު ވަނީ ވިދާޅުވެފައެވެ.
ގުޅުން ހުރި ޙަބަރުތައް

މިއަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް އެމް.އޭ.ސީ.އެލް އިން ވީއައިއޭއިން މަރުހަބާ ކިޔައިފި
ގަޑިއިރެއް ކުރިން

ފްލައިނާސް އިން ހަފުތާއަކު ތިން ފްލައިޓާއެކު ވީއައިއޭގެ ދަތުރުތައް އަލުން ފަށައިފި
2 ގަޑިއިރު ކުރިން

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރަށް!
3 ގަޑިއިރު ކުރިން

އެމްޑީޕީގެ ދާއިމީ ކޮމިޓީތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
4 ގަޑިއިރު ކުރިން


.gif&w=3840&q=75)