logo

މެޑަމް ސާޖިދާ ޓެންޒެނިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

profile

އައިޝަތު އިނާޝާ - 01 ނޮވެމްބަރު 2024 - 09:00

ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާންގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ޓެންޒެނިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.

މި ދަތުރުފުޅުގެ ރަސްމީ ހަރަކާތްތަކުގެތެރޭގައި ހިމެނިގެން، ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރު ދެއްވުމުގެ އިތުރުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި އެކަމަނާ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ، ޞިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ މީހުންނާއި، ދާރިސުން އެއްތަނަކުން ބައްދަލުވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މައުޟޫޢުތަކަށް މަޝްވަރާކުރާ އަހަރީ ކޮންފަރެންސެކެވެ.

https://wamco.com.mv/
tel:+9607331319