logo
ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް

ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން އިންތިޒާމުތައް ފުޅާކުރުމަށް މަޝްވަރާކޮށްފި

profile

އައިޝަތު އިނާޝާ - 05 ނޮވެމްބަރު 2024 - 16:24

ދިވެހި ސަރުކާރާއި އިނގިރޭސި ހައިކޮމިޝަނާ ގުޅިގެން ދިވެހިރާއްޖޭގައި ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ކޯޑިނޭޝަން އިންތިޒާމުތައް ފުޅާކުރުމާބެހޭ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

https://wamco.com.mv/

މިކަމާ ގުޅޭ މަސައްކަތު ބައްދަލުވުން ބާއްވާފައިވަނީ މި ނޮވެމްބަރ މަހުގެ 4 އިން 5 އަށް މާލޭގައެވެ.

މި މަސައްކަތު ބައްދަލުވުމުގެ މައިގަނޑު ބޭނުމަކީ ޤައުމީ ފެންވަރުގައި ކަންބޮޑުވާ ވަރުގެ ބޮޑެތި ހާދިސާތައް، މިސާލަކަށް ބޮޑު ކާރިސާއެއް ނުވަތަ ޓެރަރިޒަމްގެ ހާދިސާއެއްގެ ހާލަތުގައި ސަރުކާރުގެ އެކިއެކި ގުނަންތަކުގެ މެދުގައި އޮތް ގުޅުމާއި މުވާސަލާތު ކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމަށް އަމާޒުކޮށް އެކިއެކި އެޖެންސީތަކުގެ މެދުގައި ގުޅިގެން ކުރެވޭ މަސައްކަތް އިތުރަށް ބަދަހިކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

މި މަސައްކަތު ބައްދަލުވުމުގައި ސަރުކާރުގެ 13 މިނިސްޓަރީއަކާއި އެޖެންސީއަކުން ބައިވެރިވިއިރު މި މަސައްކަތު ބައްދަލުވުން ކުރިއަށްގެންދަވާފައިވަނީ ކާމާބެހޭ އިނގިރޭސިވިލާތުގެ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay