
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ ބައްދަލުކުރެއްވުން ---
ފަސްޓް ލޭޑީ، ގެމްބިއާގެ ފަސްޓް ލޭޑީއާ ބައްދަލުކުރައްވައިފި

ޝުރުފާ މުހައްމަދު - 30 އޮކްޓޯބަރު 2024 - 14:54
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، ގެމްބިއާގެ ފަސްޓް ލޭޑީ، ފަޓޮމަޓާ ބަ ބަރޯއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުކުރެއްވުން އޮތީ މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ ކޮންފަރެންސްގެ 11 ވަނަ އަހަރީ ބައްދަލުވުމުގެ ހަވާސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާއާއި ގެމްބިއާގެ ފަސްޓް ލޭޑީވަނީ ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އެވޮތުން މުޖުތަމަޢުގެ މެދުގައި ގާތް ގުޅުންތައް އުފައްދައި، އާންމުންބޭނުންވާ މުހިންމު ކަންކަމުގައި ހުރި ހުރަސްތައް ނައްތާލަން ސަމާލުކަން ދިނުން ފަދަ މައުޟޫޢުތަކަށް ދެބޭފުޅުން މަޝްވަރާކުރައްވާފައިވެ އެވެ.
މީގެ އިތުރުން، މެރކް ފައުންޑޭޝަނުން އިސްނަގައިގެން ކުރަމުންދާ މަސައްކަތްތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވި އެވެ. އެގޮތުން އޭޝިއާ އަދި އެފްރިކާގެ މުޖުތަމަޢުތަކަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމަށް އެ ފައުންޑޭޝަނާ ގުޅިގެން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރެއްވުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދެއްކެވި އެވެ.
ގުޅުން ހުރި ޙަބަރުތައް

ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރައްވައިފި
40 މިނިޓު ކުރިން

ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަތުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފި
43 މިނިޓު ކުރިން

ހައްގުވާ ތާރީޚުން ފެށިގެން ސިވިލް ސާވަންޓުންގެ މުސާރަ ބޮޑުވާ ގޮތް ހަދައިފި
3 ގަޑިއިރު ކުރިން

އިބްރާހިމް ރަޝީދު އަވަހާރަވެއްޖެ
4 ގަޑިއިރު ކުރިން


