logo

ކްރިމިނަލް ކޯޓު ހިންގުން ޤާޟީ އާދަމް މުޙައްމަދަށް!

profile

އަހުމަދު ޒަލީފު - 14 މާރިޗު 2023 - 08:00

—-

—-

ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން ޤާޟީ އާދަމް މުޙައްމަދާއި ހަވާލުކޮށްފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ، ކްރިމިނަލް ކޯޓު ހިންގުން ވަގުތީ ގޮތުން ގާޒީ އާދަމް މުހައްމަދު އާއި ހަވާލު ކުރަން ނިންމާފައިވަނީ އެކޯޓުގެ އިސް ގާޒީގެ މަގާމުގައި ހުންނެވި އަހުމަދު ޝަކީލް މިއަދު ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުން ކަމަށެވެ.

ޤާޟީ ޝަކީލްގެ އިތުރުން ، މިއަދު ވަނީ 6 ފަނޑިޔާރަކު ހުވާ ކުރައްވާފައެވެ.

މިއަދު ހުވާ ކުރެއްވީ ހައިކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރަކާއި ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރުންނާއި، ސިވިލް ކޯޓަށް އައްޔަން ކުރެއްވި 3 ފަނޑިޔާރަކާއި، މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަން ކުރެއްވި 4 ފަނޑިޔާރުންނެވެ.

ފަނޑިޔާރުން ހުވާކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ހުވާލައިދެއްވި ޝަރަފްވެރި މެހްމާން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.

ކްރިމިނަލް ކޯޓަށް އައްޔަން ކުރައްވާފައިވަނީ ސ.މަރަދޫ، އެށެވެލި އަލްއުސްތާޛު އިބްރާހީމް އިޙްސާން އާއި ގއ.ނިލަންދޫ، ބިއްލޫރިޖެހިގެ، އަލްއުސްތާޛު އިބްރާހީމް ޛިހުނީއާއި، ރ.ރަސްގެތީމު، ގުލާބީގެ، އަލްއުސްތާޛާ އާމިނަތު އަޒްލިފާއެވެ.

ސިވިލް ކޯޓަށް އައްޔަން ކުރެއްވި ފަނޑިޔާރުންނަކީ ގދ.ފިޔޯރީ، ސަންޑަލްވޫޑް، އަލްއުސްތާޛު ސިނާން ޢަލީ އާއި ހދ.ފިނޭ، ދެތަނޑިމާގެ، އަލްއުސްތާޛު ފައިޞަލް އާދަމް އާއި ސ.ހިތަދޫ، ސައިފަތްމާގެ، އަލްއުސްތާޛު ޢަބްދުﷲ އިޙްސާންއެވެ.

މިރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް ދެއްކެވި ވާހަކައިގައި ވިދާޅުވީ ފަނޑިޔާރުންނަކީ މަޑުމައިތިރި ކަމާއި، ކެތްތެރިކަމުގެ ސިފަ އެމީހެއްގައި ގައިގަ އަށަގެންފައިވާ ބަޔަކަށް ވާންޖެހޭ ކަމަށާއި، އެހެން ނަމަވެސް އެ ދެ ސިފައަކީ އެމީހާގެ ނުކުޅެދުންތެރިކަމަށް ވެގެން ނުވާނެ ކަމަށެވެ. އަދި ދިމާވާ ފާޑުކިޔުންތަކާއި މަލާމާތްތަކަށް ރައްދުދިނުމުގެ ބަދަލުގައި ފަނޑިޔާރުންވަންޖެހެނީ ކެތްތެރިވެ ނަމޫނާ މިސާލު ދެއްކެވަރުގެ ބަޔަކަށް ކަމަށް ވިދާޅުވިއެވެ.


https://wamco.com.mv/
tel:+9607331319