logo

ރާއްޖޭގައި އިންވެސްޓުކުރަން ނިއުޒިލޭންޑުގެ އިންވެސްޓަރުންނަށް ދައުވަތު

profile

މަރްޔަމް އުމްނާ އިސްމާޢީލް - 28 ސެޕްޓެމްބަރު 2024 - 11:08

ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބާ ރައީސް ބައްދަލުކުރައްވަނީ

ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބާ ރައީސް ބައްދަލުކުރައްވަނީ

ރާއްޖޭގައި އިންވެސްޓުކުރަން ނިއުޒިލޭންޑުގެ އިންވެސްޓަރުންނަށް، ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައުވަތު ދެއްވައިފިއެވެ.

ރައީސް މި ދައުވަތު ދެއްވީ، އދ.ގެ އާއްމު މަޖިލީހުގެ 79 ވަނަ ސެޝަނުގެ ހަވާސާގައި ނިއުޒިލެންޑްގެ ބޮޑުވަޒީރުގެ ނައިބު، ހާރިޖީ ވަޒީރު އަދި މިނިސްޓަރ އޮފް ރޭސިންގ ވިންސްޓަން ޕީޓަރސް އާ އެކު ބޭއްވި ބައްދަލުވުމުގައެވެ.

މި ބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ދޭދޭ ފަރުދުންގެ ދެމެދުގައި އޮންނަ ގުޅުން ހަރުދަނާކޮށް، ވިޔަފާރި ހަރުދަނާކުރުމާ ގުޅިގެން މަޝްވަރާކުރައްވާފަ އެވެ. އަދި ޖިއޯގްރަފީ ގޮތުން ރާއްޖެ އޮންނަ ތަނުގެ އިސްތިރާޖީ ފައިދާގެ ބޭނުން ހިއްސާކުރުމާ މެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސް ވަނީ، ނިއުޒިލެންޑްގެ އިންވެސްޓަރުންނަށް ރާއްޖޭގެ ހާއްސަ އިގްތިސޯދީ ސަރަޙައްދުގައި އިންވެސްޓުކުރުމަށް ދައުވަތު ދެއްވާފައެވެ. ތައުލީމީ ދާއިރާގައި ހުރި ފުރުސަތުތަކުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުވާލައްވާފައިވެ އެވެ.

ރައީސް ވަނީ، އެމަނިކުފާނު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވާފަ އެވެ.

https://int.etukuri.mv/
tel:+9607331319