logo

އދ. ގެ ސެކިއުރިޓީ ކައުންސިލް ބަހުސްގައި ރައީސް މިރޭ ވާހަކަފުޅު ދައްކަވާނެ

profile

މަރްޔަމް އުމްނާ އިސްމާޢީލް - 25 ސެޕްޓެމްބަރު 2024 - 19:43

ސަމިޓް އޮފް ދަ ފިއުޗާ ހުޅުވުމުގެ ރަސްމިއްުޔާތުގައި ރައީސް ވާހަކަފުޅު ދައްކަަވަނީ:

ސަމިޓް އޮފް ދަ ފިއުޗާ ހުޅުވުމުގެ ރަސްމިއްުޔާތުގައި ރައީސް ވާހަކަފުޅު ދައްކަަވަނީ:

އދ. ގެ ސެކިއުރިޓީ ކައުންސިލް ބަހުސްގައި ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނެއެވެ.

ރައީސް މިރޭ ބަހުސްގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާނީ ރާއްޖޭ ގަޑިން މިރޭ މެންދަމު 12:30 ގައެވެ.

މިރޭގެ ބަހުސްގެ މައުޟޫއަކީ "މެއިންޓެނަންސް އޮފް އިންޓަރނޭޝަނަލް ޕީސް އެންޑް ސެކިއުރިޓީ: ލީޑަރޝިޕް ފޮރ ޕީސް" އެވެ.

މިއީ، ރާއްޖޭގެ ރައީސަކު ސެކިއުރިޓީ ކައުންސިލް ނުވަތަ އދގެ ސަލާމަތީ މަޖިލީހުގެ ބަހުސެއްގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރުވެސް މެއެވެ. މިއީ ރާއްޖެއަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ގިނަ ދިވެހިން ގަބޫލުކުރެއެވެ.

ރާއްޖެއިން ވަނީ ސެކިއުރިޓީ ކައުންސިލްގެ 2033 އިން 2034 ގެ ދައުރަށް ކުރިމަތިލުމަށް ނިންމާފައެވެ.

މީގެކުރިން ވެސް ރާއްޖެއިންވަނީ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ވާދަކޮށްފައެވެ. ނަމަވެސް ރާއްޖެއަށް އެކަން މިހާތަނަށް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ރާއްޖެއިން ދަނީ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ގޮނޑިއެއް ކުދި ގައުމުތަކަށް ހާއްސަ ކުރުމަށް ވަކާލާތު ވެސް ކުރަމުންނެވެ.

ޖުމްލަ 15 މެމްބަރުންގެ މައްޗަށް އެކުލެވޭ ސެކިއުރިޓީ ކައުންސިލްގައި ދާއިމީ 5 މެމްބަރު ގައުމު ތިބޭއިރު، ދެން ހިމެނޭ 10 މެމްބަރު ގައުމަކީ 2 އަހަރުން 2 އަހަރުން ދައުރު ބަދަލުވާ ގޮތަށް، އެކި ރީޖަންތަކުން އިންތިޚާބު ކުރާ ގައުމުތަކެވެ.

އދ.ގެ ސެކިއުރިޓީ ކައުންސިލަކީ، އެ ޖަމިއްޔާގެ އެންމެ މަތީ ގުނަވަނެވެ. މި ކައުންސިލްގެ މައިގަނޑު ޒިންމާއަކީ ދުނިޔޭގެ ގައުމުތަކުގެ މެދުގައި ސުލްހަ މަސަލަސްކަން ދެމެހެއްޓުމެވެ. ގައުމުތަކުގެ މެދުގައި ޖެހޭ މައްސަލަތައް ހައްލުކޮށް އެކަންކަމުގައި ލަފާދޭ އެންމެ މަތީ ކައުންސިލަކީ އެއީއެވެ.

https://int.etukuri.mv/
tel:+9607331319