
އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމުގެ ފަސްވަނަ ސެޝަން ބާއްވައިފި

އާމިނަތު ޝަޒްލާ - 13 އޯގަސްޓު 2026 - 11:36
ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ އިސް މަޤާމުތަކުގައި ތިއްބަވާ މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕުރޮގުރާމު 2025-2027" ގެ ފަސްވަނަ ސެޝަން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ސެޝަންގައި، ސަރުކާރުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ އިސް މަޤާމުތައް ފުރުއްވާ ގިނަ އަދަދެއްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ސެޝަންގައި މައިގަނޑު ގޮތެއްގައި މަޢުލޫމާތު ދެއްވީ ވިޔަފާރި، ލީޑަރޝިޕް ޓްރެއިނިންގ އަދި އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުޙައްމަދު ކަލީމެވެ. މި ސެޝަންގައި އޭނާ އަލިއަޅުވާލެއްވީ، މުއައްސަސާތައް ހިންގުމުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކާ ކުރިމަތިލާނޭ އުކުޅުތަކާއި ގޮތްތަކުގެ މައްޗަށެވެ.
ދައުލަތުގެ އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ މި ޕުރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ދައުލަތުގެ ހިންގުން ހަރުދަނާކުރުމަށް ކުރައްވާ މަސައްކަތުގެ ތެރެއިން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.
މި ޕުރޮގުރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒް އޮފީހުގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަންގެ އިސްނެންގެވުމުގެ މަތިން ކުރިއަށްގެންދާ ޕުރޮގުރާމެކެވެ. މި މަސައްކަތުގައި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) އިން އެހީތެރިކަން ފޯރުކޮށްދެއެވެ.
ޖުމްލަ ދެ އަހަރު ދުވަހުގެ މުއްދަތަށް ބަހާލައިގެން ކުރިއަށްގެންދާ މި ޕުރޮގުރާމުގެ މަޤްޞަދަކީ، ދައުލަތުގެ މުއައްސަސާތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށްޓަކައި އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމެވެ.
ގުޅުން ހުރި ޙަބަރުތައް

ބޭރުފައިސާ އާއި ބެހޭ ގާނޫނުގެ އިސްލާހުތައް ދިރާސާކުރުން އާދީއްތަ ދުވަހު!
3 ގަޑިއިރު ކުރިން

ރޯގާގެ ގޮތުގައި ފެތުރޭ ބަލިތައް ޖުލައިމަހު މަދުވެއްޖެ: އެޗްޕީއޭ
4 ގަޑިއިރު ކުރިން
-1786609081371.webp&w=3840&q=75)
ފާއިތުވި 7 މަސް ދުވަހުގެ ތެރޭގައި 144 ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފި
4 ގަޑިއިރު ކުރިން

ސައިބަރ ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރު އިތުރަށް ތަރައްގީ ކުރުމަށް މަޝްވަރާތަކެއް!
4 ގަޑިއިރު ކުރިން


