logo

ޗީފް ސްޓެޓިސްޓީޝަނަކަށް އަހްމަދު ރިޔާޒް އައްޔަނުކޮށްފި

profile

މުޙައްމަދު ފަޟްލޫން - 03 ސެޕްޓެމްބަރު 2026 - 06:05

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހްމަދު ރިޔާޒް އައްޔަނުކުރައްވައިފިއެވެ.

https://wamco.com.mv/

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނުގެ ދަށުން، ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހްމަދު ރިޔާޒް އައްޔަނުކުރައްވާފައިވަނީ 23 އޮގަސްޓް 2026 އިން ފެށިގެން ކަމަށް އެ ބިއުރޯއިން ވަނީ ހާމަކޮށްފައެވެ.

މި ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ބިއުރޯގެ އެންމެހައި ކަންކަމުގައި ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރެވެ. އަދި ބިއުރޯގެ އެންމެހައި އިދާރީ އަދި ފަންނީ މަސައްކަތްތައް ހިންގަވާނީ މާލީ ވަޒީރުގެ ލަފާފުޅުގެ މަތިން ޗީފް ސްޓެޓިސްޓީޝަނެވެ.

ތަފާސްހިސާބުގެ ގާނޫނުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި، ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކޮށް، ގައުމުގެ އިގްތިސާދީ، އިޖްތިމާޢީ އަދި ތިމާވެށީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް އެއްކުރުން ހިމެނެއެވެ. އަދި މި މައުލޫމާތުތައް އެއްހަމައެއްގައި، ދެފުށްފެންނަ، އިތުބާރުހުރި ގޮތެއްގައި އާންމުކޮށް ފޯރުކޮށްދިނުންވެސް މި ގާނޫނުގެ މަގްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

https://wamco.com.mv/
tel:+9607331319