
ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އޮކްޓޯބަރ މަހުގެ 10 އިން 22 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގެ ތެރެއިން: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މެރިކަލްޗަރ ސިނާޢަތަށް މީހުން ބިނާކުރުމުގެ ތަމްރީނު ޕްރޮގްރާމެއް މަނިޔަފުށީގައި ނިންމާލައިފި

އާމިނަތު ޝަޒްލާ - 22 އޮކްޓޯބަރު 2026 - 10:31
ދިވެހިރާއްޖޭގައި މެރިކަލްޗަރގެ ސިނާޢަތެއް ޤާއިމުކޮށް ފުޅާކުރުމަށް ބޭނުންވާ ފަންނީ ދިވެހިން ބިނާކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ މި އަހަރުގެ ތިންވަނަ ބޭސިކް މެރިކަލްޗަރ ތަމްރީނު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.
މި ތަމްރީނު ކޯސް ނިންމުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމްއެވެ.
ކ. މަނިޔަފުށީ ރިސާޗް އެންޑް ޓްރެއިނިންގ ފެސިލިޓީގައި މި އޮކްޓޯބަރ މަހުގެ 10 އިން 22 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 15 ފަރާތަކުން ވަނީ ބައިވެރިވެ، ތަމްރީނު ފުރިހަމަކޮށްފައެވެ. މި ތަމްރީނު ޕްރޮގްރާމަކީ ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީން ކުރިއަށްގެންދާ "ޓްރާންސްފޯމް ޕްރޮޖެކްޓް" ގެ ދަށުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމް.އެމް.އާރް.އައި) އިން އިންތިޒާމުކޮށްގެން ހިންގި ޕްރޮގްރާމެކެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް، މަސްވެރިކަމުގެ ސިނާޢަތުން ލިބޭ ނަފާ އިތުރުކުރުމަށްޓަކައި ސަރުކާރުން މެރިކަލްޗަރ ސިނާޢަތް ތަރައްޤީކުރުމަށް ދަނީ ޚާއްޞަ އިސްކަމެއް ދެއްވަމުންނެވެ. އެގޮތުން، ކަނޑުގެ ދިރުންތައް އާލާކޮށް ވިއްކުމުގެ ވިޔަފާރި ރާއްޖެއަށް ތަޢާރަފުކޮށް، މި ދާއިރާއިން ޒުވާނުންނަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
މިފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ޒަރީޢާއިން، ހެޗަރީތަކުގައި ފަންނީ މަސައްކަތްތައް ކުރާނެ ޤާބިލު ދިވެހިން އުފެއްދި، ކުރިމަގުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މެރިކަލްޗަރ މަޝްރޫޢުތައް ހިންގުމަށް ބޭނުންވާ އިންސާނީ ވަޞީލަތް ތަރައްޤީވެގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
ގުޅުން ހުރި ޙަބަރުތައް

ފުލުހުންގެ ހިދުމަތުގެ ފެންވަރު ބިނާވަނީ ރައްޔިތުންނާ އޮންނަ ގުޅުމުގެ މައްޗަށް: ސީޕީ
18 މިނިޓު ކުރިން
.webp&w=3840&q=75)
މޭޔަރ ޢާޒިމްގެ ސުވާލެއް: މާލިއްޔަތު ކޮމިޓީއަށް އިސްކަންދޭންވީ ކަންކަން ނޭނގެނީތަ؟
30 މިނިޓު ކުރިން

ސްކޫލްތަކަށް ބައިވެރިނުވެވޭތީ ކުޅުދުއްފުށީގެ ޤުރުއާން މުބާރާތް ކެންސަލްކޮށްފި
31 މިނިޓު ކުރިން

ހަތަރު ކޯޓަކަށް ފަނޑިޔާރުން އައްޔަނުކޮށްފި
31 މިނިޓު ކުރިން


