
ތަރައްގި ކުރަމުންދަ ރ ކިނޮޅަހު ބަނދަރު
ރ ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 85 އިންސައްތަ މަސައްކަތް ނިމިއްޖެ

ޔޫޝައު ހަސަން - 25 ޖެނުއަރީ 2023 - 14:53
ރ. ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 84 ޕަސެންޓް މަސައްކަތް ނިމިއްޖެއެވެ.
މި މަޝްރޫއުގެ ދަށުން ބަނދަރު ފުންކުރުމާއި 162 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 285 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 65 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 186 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި ރޭމްޕެއް ހެދުމާއި 1663.36 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
Work on design and build of R. Kinolhas Harbor Development Project is well underway, with overall 84% project progress. Quay wall concrete works are ongoing, with 97% completion. #MTCCProjects #RayyithungeKunfuni pic.twitter.com/GVo9uw632m
— MTCC Plc (@MTCCPlc) January 25, 2023" target="_blank">
އެ މަޝްރޫއު ކުރިއަށްގެންދާ އެމްޓީސީސީން މިއަދު ބުނީ، އެ މަޝްރޫއުގެ ދަށުން ބޭސިން ފުންކުރުމާއި ނެރު ފުންކުރުމާއި ގްރޮއިން ޖެހުމާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމާއި ބެކޮން ހަރުކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތުގެ 97 ޕަސެންޓް ނިމިފައިވާ ކަމަށެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އަށްވަނަ ދުވަހުއެވެ. އެމްޓީސީސީން 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި ކިނޮޅަސް ބަނދަރު ހެދުމުގެ މަޝްރޫއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.






.gif&w=3840&q=75)