
ސުނާމީ ބިނާ މައިޒާން ތަރައްގީކޮށް ނިންމާލައިފި

މުޙައްމަދު ފަޟްލޫން - 14 އޭޕްރީލު 2026 - 14:05
އެމްޓީސީސީ އާއި ހަވާލްކޮށްގެން މަރާމާތުކުރަން ފެށި ސުނާމީ ބިނާ ސަރަހައްދު ތަރައްގީކޮށް ނިންމާލައިފިއެވެ.
ވަރަށް ބޮޑަށް ވީރާނާވެފައިވަނިކޮށް، ސުނާމީ ބިނާ ހުރި ސަރަޙައްދު އައު ބަދަލުތަކާއެކު އަލުން ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ފެބުރުވަރީ މަހުގެ ތެރޭގައެވެ.
މި ސަރަޙައްދުގެ ހުޅަނގު ފަރާތުގެ ޝީޓްފައިލްތައް ހަލާކުވެ، ގިނަ ދުވަސްވުމުގެ ސަބަބުން ވެލިގަނޑު ދަމައިގަންނަމުންދާތީ، އެ ސަރަޙައްދުގެ 75 މީޓަރުގެ ޝީޓްފައިލް ވަނީ އަލުން ޖަހާފައެވެ. މީގެ އިތުރުން، ކީވޯލް މަރާމާތުކޮށް، ކުޑަކުދިންނާއި އާންމުންގެ ރައްކާތެރިކަމަށްޓަކައި އެ ސަރަޙައްދުގައި ފެންސް ޖަހައި ރައްކާތެރިކަން ވަނީ ކަށަވަރުކޮށްފައެވެ.
ސުނާމީ ބިނާ ސަރަހަރަށްދަށް ގެނެވުނު މުހިންމު ބަދަލުތަކުގެ ތެރޭގައި، ސުނާމީ ބިނާ މޮނިއުމަންޓް އެ މައިޒާނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުން ހިމެނެއެވެ.
އަދި ޒިޔާރަތްކުރާ ފަރާތްތަކަށް ހިތްފަސޭހަކަމާއެކު ހިނގާބިނގާވެ އުޅެވޭނެ ގޮތަށް ވޯކްވޭތަކާއި، އިށީނދެލައިގެން ތިބޭނެ ފަރުނީޗަރުތައް ބަހައްޓައި، ގިނަ އަދަދެއްގެ ގަސް އިންދައި އެ ސަރަޙައްދު ވަނީ ފެހިކޮށްފައެވެ.
މާލޭގެ ރައްޔިތުން ހިތްފަސޭހަކޮށްލުމަށް ބޭނުންކުރާ އާންމު މައިޒާންތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ދަށުން ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާނުގެ މަރާމާތުގެ މަސައްކަތްތައް ވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން، ރަސްފަންނު ސަރަޙައްދު ވެސް ބޮޑެތި ބަދަލުތަކަކާއެކު ތަރައްގީ ކުރުމަށްޓަކައި މިހާރު ވަނީ ބަންދުކޮށް، އަމަލީ މަސައްކަތް ފަށާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ހަނގުރާމަ ނިންމަން މަޝްވަރާތައް އަލުން ފެށުމުގެ ފުރުސަތު ބޮޑު: އދ
ގަޑިއިރެއް ކުރިން

ރައީސް އައު ވަޒީރުން އައްޔަނުކުރައްވައިފި
7 ގަޑިއިރު ކުރިން

ލިޓަން މަރާލިކަމުގެ ކުށް ނިޒާމްގެ މައްޗަށް ސާބިތުވެއްޖެ
8 ގަޑިއިރު ކުރިން

އެޗްޕީއޭގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ނިޝާން އަހުމަދު އައްޔަންކުރައްވައިފި
8 ގަޑިއިރު ކުރިން


.gif&w=3840&q=75)