
ޗެލްސީ އާއި ބޯންމައުތު ވާދަކުރި މެޗުގެ ތެރެއިން..
ޗެލްސީ އާއި ބޯންމައުތުގެ ކުރިމަތިލުން އެއްވަރު

ހަސަން ޝަމްއޫން - 06 ޑިސެމްބަރު 2025 - 23:46
އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ރަށުން ބޭރުގައި ބޯންމައުތާއި ދެކޮޅަށް ޗެލްސީ އިން ކުޅުނު މެޗު ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
ލީގުގައި ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ލީޑްސް އަތުންް 3-1 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ބޯންމައުތު އެންމެ ފަހުން ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ބޯންމައުތު އަތުން 1-0 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 2-2 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބޯންމައުތުން މެޗު ޑޮމިނޭޓްކުރިއިރު މިހާފުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި މިހާފުގައި ބޯންމައުތުގެ ގޯލާއި އަމާޒުކޮށް ޗެލްސީއަށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ.
މެޗުގެ ދެވަނަ ހާފުގައި ޗެލްސީ އިން އެޓީމުގެ ކުޅުން ރަނގަޅުކޮށް އެެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިހާފުގައި އެޓީމުން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 15 މެޗުން ޗެލްސީއަށް 25 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 15 މެޗުން ބޯންމައުތައް 20 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.
ލީގުގައި ޗެލްސީއަށް ކުރިއަށް އޮތީ މިމަހުގެ 13 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އެވަޓަން އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި ބޯންމައުތަށް ކުރިއަށް އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށް ކުޅޭ މެޗެވެ.
ގުޅުން ހުރި ޙަބަރުތައް

ތަފާތުބޮޑު ނަތީޖާއަކުން ސެވިއްޔާ ބަލިކޮށް ބާސެލޯނާ އިން ލީޑު ފުޅާކޮށްފި
20 ގަޑިއިރު ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ޓޮޓެންހަމް އިން ލިވަޕޫލް ހުއްޓުވައިފި
20 ގަޑިއިރު ކުރިން

އެސްޓަން ވިލާ ބަލިކޮށް ޔުނައިޓެޑުން ތިންވަނައިގައި ހަމަޖެހިލައިފި
20 ގަޑިއިރު ކުރިން

އެލްޗޭ ބަލިކޮށް ރެއާލް މެޑްރިޑުން ފަރަގު ކުޑަކޮށްފި
2 ދުވަސް ކުރިން


.gif&w=3840&q=75)