.webp&w=3840&q=75)
ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ

މުޙައްމަދު ފަޟްލޫން - 21 ޑިސެމްބަރު 2025 - 07:31
ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މާލެ އަތޮޅު ކަނޑޫމާ ތިލަ ކައިރިން، ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކަނޑުމަތިން މަރުވެފައިވާ މީހަކު އޮޔާދާ ކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:17 އެހާކަންހާއިރު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މަރުވެފައި އޮއްވާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށާއި އަދި އެކަމުގެ މައުލޫމާތު ލިބޭ މިންވަރަކުން ހިއްސާކުރަމުން ދާނެ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ގުޅުން ހުރި ޙަބަރުތައް

ސްކައުޓުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފި
3 ގަޑިއިރު ކުރިން

މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް
4 ގަޑިއިރު ކުރިން

އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި
4 ގަޑިއިރު ކުރިން

ކިނޮޅަހުގައި ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން


