
ކިނޮޅަހުގައި ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

މުޙައްމަދު ފަޟްލޫން - 21 ޑިސެމްބަރު 2025 - 06:40
ރ. ކިނޮޅަހުގައި ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އިނގުރައިދޫ ޕޮލިސް ސްޓޭޝަނާއި ކިނޮޅަހު ޕޮލިސް ޕޯސްޓު ގުޅިގެންނެވެ.
ޑިސެމްބަރު 18 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރަށުގެ ރައްޔިތުންނާއި ސްކޫލު ދަރިވަރުން ހޭލުންތެރިކުރުވުމަށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމްގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅުންހުރި މައުލޫމާތާއި މަގުމަތީގެ ގަވާއިދުތައް ކިޔައިދީ އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފަރުދީ ގޮތުން ވެސް ކުރެވިދާނެ ކަންކަން ކިޔައިދީފައިވެއެވެ. އަދި މަގުމަތި ބޭނުންކުރުމުގައި ފަރުވާތެރިވުމާއި، އެއްގަމު އުޅަނދު ދުއްވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ.



.webp&w=3840&q=75)


