logo

މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް

profile

މުޙައްމަދު ފަޟްލޫން - 21 ޑިސެމްބަރު 2025 - 06:42

މާލެ ސިޓީގެ މުސްތަޤުބަލުގެ ޕްލޭންތައް އެކުލަވާލައި ނިންމާނީ "ބަންދު ކޮޓަރިތަކެއްގެ" ތެރޭގައި ނޫން ކަމަށާއި، އެކަން ކުރާނީ ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާއާއެކު ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

https://wamco.com.mv/

މޭޔަރ ޢާޒިމް މިހެން ވިދާޅުވީ، މާލޭގެ "ރިވައިޒްޑް ލޭންޑް ޔޫސް ޕްލޭން" ނުވަތަ ބިމުގެ ޕްލޭނާ ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމަށް މިއަދު މީރުމާ މާލަމުގައި ބޭއްވި ޚާއްޞަ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ ޢާޒިމް ވިދާޅުވީ، މިއަދުގެ ބައްދަލުވުމަކީ ހަމައެކަނި ރަސްމީ ބައްދަލުވުމެއް ނޫން ކަމަށާއި، މިއީ 2030 އަދި 2050 ވަނަ އަހަރު މާލެ އޮންނާނެ ގޮތް ކަނޑައެޅުމަށް ލިބޭ މުހިންމު ފުރުޞަތެއް ކަމަށެވެ.

މި ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި މޭޔަރ ޢާޒިމް ގެންގުޅުއްވާ ތަޞައްވުރު ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި:

* ޒަމާނީ އަދި ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ޤާއިމުކުރުން.

* މޫސުމީ ބަދަލުތަކަށް ވިލުންތެރި، ފެހި ސިޓީއަކަށް މާލެ ހެދުން.

* އިޤްތިޞާދީ އަދި ވިޔަފާރީގެ އާ ފުރުޞަތުތައް ފަހިކޮށްދިނުން.

* ސަޤާފަތް ދަމަހައްޓައި، އެންމެންނަށްވެސް ރައްކާތެރި މާހައުލެއް ޤާއިމުކުރުން ހިމެނެއެވެ.

މޭޔަރ ޢާޒިމް ފާހަގަކުރެއްވި ގޮތުގައި، އެމަނިކުފާނު ވަކާލާތު ކުރައްވަނީ މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމަށެވެ. އަދި ރައްޔިތުންގެ އިތުބާރާއެކު މާލޭގެ ޕްލޭންތައް ތަންފީޒުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އެންމެ މަތީ ދަރަޖައަކަށް އޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މޭޔަރ ޢާޒިމް ވާހަކަފުޅު ނިންމަވާލެއްވީ، މާލެއަކީ ހަރުދަނާ ތަޞައްވުރަކާއެކު ޒިންމާދާރުކޮށް ހިންގޭނެ ސިޓީއެއްކަން ސާބިތުކޮށްދިނުމަށް ރައްޔިތުންނަށް ގޮވާލައްވަމުންނެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay