
އަދަބީ 4 މުބާރާތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މުޙައްމަދު ފަޟްލޫން - 21 ޑިސެމްބަރު 2025 - 06:40
އަދަބީ ހަތަރު މުބާރާތަކާ އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކޮށް އެކި ގިންތިތަކުން ވަނަ ހާސިލްކުރި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މުބާރާތްތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހި ބަހުގެ އެކަޑަމީގެ ފަރާތުންނެވެ.
އަދަބީ މުބާރާތްތަކާއި އަތުލިޔުމުގެ މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެވެ.
މިއަހަރު ދިވެހިބަހުގެ އެކަޑަމީން ވަނީ އަދަބީ ހަތަރު މުބާރާތަކާއި އަތުލިޔުމުގެ މުބާރާތެއް ބާއްވާފައެވެ.
މި މުބާރާތުގައި ޖުމްލަ 3000 މީހުން ވަނީ ބައިވެރިވެފައެވެ. އެގޮތުން މަޒުމޫނު ލިޔުމުގެ މުބާރާތުގައި 1099މީހުން ކުރުވާހަކަ ލިޔުމުގެ މުބާރާތުގައި, 1024މީހުން ޅެން ހެދުމުގެ މުބާރާތުގައި526 މީހުން, އަދި ވާހަަކަދެއްކުމުގެ މުބާރާތުގައި 298 މީހުން ވަނީ ބައިވެރިވެފައެވެ.
މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް އާއި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުރުން ދިވެހި ބަހަށް ހިދުމަތްކުރައްވާ ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ދިވެހިބަހުގެ އެކެޑަމީއިން ބޭއްވި މި މުބާރާތަކީ ދިވެހިބަހުގެ އަދަބިއްޔާތާއި އަތުލިޔުމުގެ ފަންނު ދިރުވައި އާލާކުރުމަށް ބާއްވަމުން އަންނަ މުހިއްމު މުބާރާތެކެވެ.
ގުޅުން ހުރި ޙަބަރުތައް
.webp&w=3840&q=75)
ކަނޑުމަތިން މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
3 ގަޑިއިރު ކުރިން

ސްކައުޓުންނަށް ފަޔަރ އެވެއަރނަސް ކުލާހެއް ކުރިއަށްގެންގޮސްފި
3 ގަޑިއިރު ކުރިން

މާލޭގެ މުސްތަޤުބަލު ކަނޑައަޅާނީ ރައްޔިތުންނާއެކު: މޭޔަރ ޢާޒިމް
3 ގަޑިއިރު ކުރިން

ކިނޮޅަހުގައި ޓްރެފިކް އެވެއާނަސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި
4 ގަޑިއިރު ކުރިން


