logo

މޯލްޑިވިއަން އިން ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެ

profile

މުޙައްމަދު ފަޟްލޫން - 04 ޑިސެމްބަރު 2025 - 08:45

މޯލްޑިވިއަން އިން ނ. ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

https://wamco.com.mv/

މޯލްޑިވިއަން އިން ބުނީ ސީޕްލޭންގެ ފުރަތަމަ ޝެޑިއުލް ދަތުރު އޮތީ އަންނަ ޖެނުއަރީ މަހުގެ 23 ގައި ކަމަށެވެ.

މޯލްޑިވިއަން އިން ބުނީ މާލެ އާއި ވެލިދޫއާ ދެމެދު ހަފްތާއަކު ދެ ދުވަހު ސީޕްލޭން ދަތުރުތައް ބާއްވާން ނިންމާފައިވާ ކަމަށެވެ.

އެއީ ކޮންމެ ހަފްތާއެއްގެ ބުދަ އަދި ހުކުރު ދުވަހު ކަމަށް މޯލްޑިވިއަން އިން ބުނެފައިވެއެވެ.

ސީޕްލޭންގެ ހިދުމަތް ވެލިދޫގައި ފެށުމާއި ގުޅިގެން ދިވެހިންނަށް ހާއްސަ ޕްރޮމޯޝަނަލް އަގެއްވެސް ހަމަޖައްސާފައިވާ ކަމަށާއި، ކޮޅަކަށް 999 ރުފިޔާ އަށް ދަތުރުކުރެވޭނެ ކަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

މޯލްޑިވިއަން އިން ބުނީ މިއީ އެއް ރަށާއި އަނެއް ރަށާއި ދެމެދު ކަނެކްޓިވިޓީ އިތުުރު ކުރުމާއި، ސަރަހައްދީ ތަރައްގީއަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފަށާ ދަތުރުތަކެއް ކަމަށެވެ.

މި ހިދުމަތް ފެށުމުގެ ސަބަބުން އެ އަތޮޅަށް ދަތުރު ކުރުމުގެ އިތުރު މަގެއް ފަހިވުމުގެ އިތުުރުން އަތޮޅުގެ ފަތުރުވެރިކަން ފުޅާ ކުރުމަށްވެސް އެހީތެރިވެގެންދާނެ ކަަމަށް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ،

ބުކިން އަދި އިތުރު މައުލޫމާތު ހޯދަން އީމެއިލް އާއި ހޮޓްލައިން 1671 މެދުވެރިކޮށް ލިބޭނެ ކަމަށްވެސް މޯލްޑިވިއަން އިން ވަނީ ބުނެފައެވެ.

https://wamco.com.mv/
https://eportal.mwsc.com.mv/e-pay