
ކްލިނިކް ތަކުން އާސަންދަ ލިބޭގޮތް ހަދަނީ

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 07:14
ރާއްޖޭގައި ހިންގާ ކުލިނިކްތަކަށް އާސަންދައިގެ ހިދުމަތް ދިނުމުގެ މަސައްކަތް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ފަށައިފި އެވެ.
އެންސްޕާއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ބޭއްވެވި ބައްދަލުވުންތަކުގައި ލިބުނު ހިޔާލާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކްލިނިކްތަކަށް އާސަންދަ ދިނުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
ކްލިނިކް ތަކުން އާސަންދަ ދިނުމަށް ކުރަމުންދާ މަސައްކަތްތަކައި ގުޅޭގޮތުން އެންސްޕާއިން ބުނީ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތަށް ލިޔުންތަކާއި މައުލޫމާތު ފުރިހަމަކޮށް މި ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުށަހަޅާފައިވާ ހުށަހެޅުންތައް ވީ އެންމެ އަވަހަކަށް ޕްރޮސެސް ކުރަން ފަށާފައިވާ ކަމަށެވެ.
އެންސްޕާ އިން އާއްމުކުރި ބަޔާނުގައި ބުނީ އާސަންދައިގެ ހިދުމަތް ހޯދުމަށް އެދި ހުށަހެޅި ކްލިނިކުތަކަށް އަންނަ ޖެނުއަރީ މަހު 31 ގެ ކުރިން އާސަންދައިގެ ހިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށާއި، ރައްޔިތުން ކަންބޮޑުވާ ކަންތައްތަކާއި ހިއްސާކުރައްވަން ބޭނުންފުޅުވާ ކަންކަން ސީދާ އަޑު އެއްސެވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ރައްޔިތުން ވަނީ ބޭސްފަރުވާގެ ނިޒާމާއި ގުޅޭގޮތުން ގިނަ ޝަކުވާ ހުށަހަޅާފައެވެ. އެގޮތުން ކުލިނިކްތަކަށް އާސަންދައިގެ ހިދުމަތް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ކްލިނިން ތަކުން އާސަންދައިގެ ހިދުމަތް ދިނުމަށް އެދިފައެވެ.
ރައްޔިތުންގެ މަޝްވަރާ ބައްދަލުވުންތަކުގައި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ގާތުން އައްސަވައި ރައީސް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ދަތިވާ ކަންކަމުގެ ހައްލު ހޯއްދަވައިދެއްވާނެ ކަމަށެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި
3 ގަޑިއިރު ކުރިން

17 ރަށެއްގައި ކުޅިވަރާއި ގުޅޭ 20 މަޝްރޫއު ހިންގުމަށް ސިވެކް އާއި ހަވާލްކޮށްފި
3 ގަޑިއިރު ކުރިން

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފި
3 ގަޑިއިރު ކުރިން

ހާލިދާގެ ޖަނާޒާގައި ވަޒީރު ހައިދަރު ބައިވެރިވެ ވަޑައިގަންނަވާނެ: ދިވެހި ސަރުކާރު
4 ގަޑިއިރު ކުރިން


