
17 ރަށެއްގައި ކުޅިވަރާއި ގުޅޭ 20 މަޝްރޫއު ހިންގުމަށް ސިވެކް އާއި ހަވާލްކޮށްފި

މުޙައްމަދު ފަޟްލޫން - 31 ޑިސެމްބަރު 2025 - 07:14
17 ރަށެއްގައި ކުޅިވަރު ވަޞީލަތްތައް ގާއިމުކުރުމަށް ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް) އާއި ހަވާލުކޮށްފިއެވެ.
ކުޅިވަރާބެހޭ ވުޒާރާއިން ބުނީ ކުޅިވަރު ވަސީލަތްތައް ޤާއިމްކުރުމުގެ އެއްބަސްވުމުގައި ސިފައިންގެ ވެލްފެއާ ކުންފުނި (ސިވެކް)އާ އެކު ސޮއިކުރައްވާފައިވާ ކަމަށެވެ.
17 ރަށެއްގައި ކުރިއަށްގެންދާ 20 ކުޅިވަރު މަޝްރޫޢުތައް ކުރިއަށްގެންދިޔުމުގެ އެއްބަސްވުމުގައި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު މުޙައްމަދު ދިލްޝާން ޢަބްދުﷲއެވެ.
ސިވެކްއާއެކު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ އދ. ފެންފުށި ފުޓްސަލް ދަނޑުގެ ޓާފް ބަދަލުކުރުން، އދ. އޮމަދޫ ހޭންޑްބޯޅަ ކޯޓު ޤާއިމްކުރުން، ބ. ކަމަދޫ ފުޓްސަލް ދަނޑު ތަރައްގީކުރުން، ފ. ދަރަނބޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުން، ފ. ދަރަނބޫދޫ ވޮލީކޯޓު ގާއިމްކުރުން، ގއ. ކަނޑުހުޅުދޫ ފުޓްސަލް ދަނޑުގެ ފެންސް މަރާމާތުކުރުން، ހއ. ދިއްދޫ ސްވިމިން ޓްރެކް ޤާއިމްކުރުން، ހދ. މަކުނުދޫ ފުޓްބޯޅަ ދަނޑު ތަރައްޤީކުރުން، ހދ. ނެއްލައިދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމްކުރުން، މ. ވޭވަށް ފުޓްސަލް ދަނޑު ތަރައްގީކުރުން، ނ. ހޮޅުދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ގާއިމްކުރުން، ނ. ކެނދިކުޅުދޫ ފުޓްސަލް ދަނޑު ތަރައްގީކުރުމެވެ.
މީގެއިތުރުން ނ. ޅޮހީގައި 3 މަޝްރޫޢެއް ކުރިއަށް ގެންދިއުމަށް ސިވެކްއާ ހަވާލުކޮށްފައިވެއެވެ.
ނ ޅޮހީގެ އިތުރުން ނ މަގޫދޫ ފުޓްބޯޅަ ދަނޑު ތަރައްގީކުރުމާއި، ނ. މަނަދޫ އައުޓްޑޯ ވޮލީކޯޓު ގާއިމްކުރުމުގެ އިތުރުން ނ. މިލަދޫ ފުޓްބޯޅަ ދަނޑުގެ ލައިޓިންގ ސިސްޓަމް ގާއިމްކުރުމާއި ނ. ވެލިދޫ މަލްޓި ޕާޕަސް (ހޭންޑްބޯޅަ/ފުޓްސަލް) ދަނޑު ގާއިމްކުރުމާއެކު، ވ. ފުލިދޫ ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ މަޝްރޫޢު ހިމެނެއެވެ.
ގުޅުން ހުރި ޙަބަރުތައް

ސަރުކާރު މުވައްޒަފުން ހެދުން އެޅުމުގެ ގަވާއިދު އިސްލާހުކޮށްފި
3 ގަޑިއިރު ކުރިން

ކްލިނިކް ތަކުން އާސަންދަ ލިބޭގޮތް ހަދަނީ
3 ގަޑިއިރު ކުރިން

ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފި
3 ގަޑިއިރު ކުރިން

ހާލިދާގެ ޖަނާޒާގައި ވަޒީރު ހައިދަރު ބައިވެރިވެ ވަޑައިގަންނަވާނެ: ދިވެހި ސަރުކާރު
4 ގަޑިއިރު ކުރިން


