
ޓީ ބިލް ވިއްކަން ހުޅުވާލައިފި

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 14:41
ސަރުކާރުގެ ހަރަދުތައް ހަމަޖެއްސުމަށްޓަކައި 1.1 ބިލިއަން ރުފިޔާގެ ޓީ-ބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިއީ މިއަހަރުގެ ތެރޭގައި ޓީ ބިލް ވިއްކުމަށް އިޢުލާންކުރި ހަވަނަ ފަހަރެވެ.
މި ފަހަރު ވިއްކުމަށް ހަމަޖެހިފައިވާ ޓީ-ބިލްތަކުގެ ތަފްސީލަށް ބަލާއިރު:
އޭޕްރީލް 20 ގެ ނިޔަލަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 490 މިލިއަން ރުފިޔާގެ ޓީ-ބިލް.
ޖޫން 29 އަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 180 މިލިއަން ރުފިޔާގެ ޓީ-ބިލް.
ސެޕްޓެމްބަރު 21 އަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 35 މިލިއަން ރުފިޔާގެ ޓީ-ބިލް.
އަންނަ އަހަރުގެ މާޗް 22 އަށް އަނބުރާ ދެއްކުމަށް ހަމަޖެހިފައިވާ 423 މިލިއަން ރުފިޔާގެ ޓީ-ބިލް.
މި ޓީ-ބިލްތަކުގެ އިންޓްރެސްޓް ރޭޓް ހުރީ 3.50 އިންސައްތައާއި 4.60 އިންސައްތައާ ދެމެދުގައެވެ.
ސަރުކާރުން ހުޅުވާލާ މި ފުރުޞަތުގައި އާންމުކޮށް ޓީ-ބިލް ގަންނަނީ ޕެންޝަން ފަންޑާއި، ބޭންކުތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން އަމިއްލަ ބައެއް ކުންފުނިތަކުންނެވެ.
ޓީ-ބިލަކީ ސަރުކާރުން ކުރު މުއްދަތަށް ފައިސާ ހޯދުމަށް ބޭނުންކުރާ ސެކިއުރިޓީޒްގެ ބާވަތެކެވެ. ރާއްޖޭގައި ޓީ-ބިލް ވިއްކަނީ ދިވެހި ރުފިޔާ އިން، މޫނުމަތީ އަގަށްވުރެ ހެޔޮ (ޑިސްކައުންޓް) އަގެއްގައެވެ. އަދި މުއްދަތު ހަމަވުމުން ސަރުކާރުން އެ ފައިސާ އަނބުރާ ދައްކަނީ އޭގެ ފޭސް ވެލިއު ނުވަތަ ފުރިހަމަ އަގުގައެވެ.
ގުޅުން ހުރި ޙަބަރުތައް

ސައުދީ އަރަބިއްޔާ އަށް ފިތުރު އީދު ދުވަހަކީ އަންނަ ހުކުރުދުވަސް
ގަޑިއިރެއް ކުރިން

ފިތުރު އީދު ދުވަހަކީ މާޗް މަހުގެ 20 ވަނަ ދުވަސް: އިސްލާމިކް މިނިސްޓްރީ
ގަޑިއިރެއް ކުރިން

މަސްވެރިންނަށް ވިއްކާ ތެޔޮ އަގުބޮޑު ނުކުރަން މިފްކޯއިން ނިންމައިފި
ގަޑިއިރެއް ކުރިން

ފޭސް 3 ގައި ފްލެޓް އަޅަން އަލުން ހުޅުވާލައިފި
2 ގަޑިއިރު ކުރިން


.gif&w=3840&q=75)