logo

ފޭސް 3 ގައި ފްލެޓް އަޅަން އަލުން ހުޅުވާލައިފި

profile

މުޙައްމަދު ފަޟްލޫން - 18 މާރިޗު 2026 - 14:41

ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ހުޅުމާލޭ ފޭސް 3 ގައި 1،000 ހައުސިންގ ޔުނިޓް ތަރައްގީކުރާނެ ފަރާތްތަކެއް ހޯދުމަށް، ކޮންޓްރެކްޓަރުންނަށް އިތުރު ލުއިތަކާއެކު އަލުން އިޢުލާންކޮށްފިއެވެ.

https://wamco.com.mv/

މި މަޝްރޫޢުގެ އުސޫލުތަކަށް ހައުސިންގ މިނިސްޓްރީން ގެނައި މުހިންމު ބަދަލުތަކުގެ ތެރޭގައި، މީގެކުރިން މަޝްރޫޢުގެ ޖުމްލަ ޚަރަދު ހުރިކަން ސާބިތުކޮށްދިނުމަށް "ޕްރޫފް އޮފް ފަންޑް" ހުށަހަޅަންޖެހޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މިހާރު ހުށަހަޅަންޖެހޭނީ މާލީ އިދާރާއަކުން ދޫކުރާ "ލެޓަރ އޮފް ކޮމްފޯޓް" އެކެވެ.

މަޝްރޫޢަށް ބޭނުންވާ ތަކެތި އެތެރެކުރުމުގައި އިމްޕޯޓް ޑިއުޓީ މާފުކޮށްދިނުމާއި، ފްލެޓް ގަންނަ ފަރާތްތަކަށް އިންޝުއަރެންސް ހަމަޖައްސައިދޭންޖެހޭ އުސޫލަށް ލުއިތަކެއް ދިނުން ހިމެނެއެވެ.

މި މަޝްރޫޢު ކުރިއަށްގެންދަން ނިންމާފައިވަނީ ފަސް ބަޔަކަށް ބަހާލައިގެންނެވެ. ކޮންމެ ޕެކޭޖެއްގައި 200 ހައުސިންގ ޔުނިޓް ހިމެނޭއިރު، އެއް ކުންފުންޏަކަށް އެންމެ ގިނަވެގެން ހަވާލުކުރާނީ 400 ޔުނިޓެވެ. ސަރުކާރުން ހާމަކުރެއްވި ގޮތުގައި މިގޮތަށް ހަމަޖެއްސީ ވީހާވެސް ގިނަ ދިވެހި ކުންފުނިތަކަށް މި މަޝްރޫޢުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ސައްތަ އިންސައްތަ ދިވެހި ކުންފުނިތަކަށް ޚާއްޞަކޮށްފައިވާ މަސައްކަތެކެވެ. ހައުސިންގ މިނިސްޓްރީން ބަޔާންކުރި ގޮތުގައި މި ނިންމުމުގެ މަޤްޞަދަކީ ޤައުމީ ތަރައްޤީގެ މަޝްރޫޢުތަކުގައި ދިވެހި ކުންފުނިތަކުގެ ދައުރު ފުޅާކޮށް، އެ ފަރާތްތަކަށް އިގްތިސާދީ ގޮތުން ކުރިއެރުން ހޯދައިދިނުމެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk