logo
ވިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް

ވިލިމާލެ ޔުނައިޓެޑާއި ޕޮލިސް ކުލަބު ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: އަދަދު ސްޕޯޓްސް

އެފްއޭއެމް ވެޓަރަންސް ކަޕް ފައިނަލްގެ ފުރަތަމަ ޖާގަ ވިލިމާލެއަށް

profile

ހަސަން ޝަމްއޫން - 13 މާރިޗު 2026 - 21:41

މިހާރު ކުރިއަށްދާ އެފްއޭއެމް ވެޓަރަންސް ކަޕް ސެމީ ފައިނަލް ފުރަތަމަ މެޗުގައި ހުކުރު ދުވަހުގެ ހަވީރު، ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން ޕޮލިސް ކްލަބް ބަލިކޮށް ވިލިމާލެ ޔުނައިޓެޑުން މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

https://wamco.com.mv/

މުބާރާތުގެ ސެމީފައިނަލުން ވިލިމާލެ ޔުނައިޓެޑް ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ 12 ޕޮއިންޓާއެކު ގުރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ޕޮލިސް ކުލަބު ސެމީފައިނަލުން ޖާގަހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުން ހޯދި 10 ޕޮއިންޓާއެކު ލަނޑުގެ ތަފާތުން ގުރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގައެވެ

އެފްއޭއެމް އެއް ނަމްބަރު ޓާފު ދަނޑުގައި ހުކުރު ދުވަހު ހަވީރު ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ވިލިމާލޭ އިންނެވެ. މިލަނޑު ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މުހައްމަދު ޖުނައިދު އެވެ.

މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ވިލިމާލެ އިން ވަރުގަދަކޮށް ފެށިއިރު, މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ސޮލާހް އެވެ. ނަމަވެސްޖެހިގެން އައި މިނެޓުގައި ޕޮލިސް ކުލަބުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.

މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ އާޔަތުﷲ އިބްރާހިމް އެވެ. މިއީ، ޕޮލިހުގެ ކެޕްޓަން، އަލީ ރިސްވާން އަހުމަދު ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ. އަދި މުބާރާތުގެ ސެމީފައިނަލް ދެވަނަ މެޗުގައި މާދަމާ ހަވީރު، ހުޅުމާލެ ވެޓަރަންސް އިން ނުކުންނާނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއިދެކޮޅަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk