
ހުޅުމާލެރަން 2026 ގެ ޓައިޓަލް ސްޕޮންސަރއަކަށް އެލައިޑް އިންސުއަރެންސް

މުހައްމަދު މުޝްރިފް - 04 މާރިޗު 2026 - 08:45
އެލީޓް ރަނާސް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ "ހުޅުމާލެ ރަން 2026" ގެ ޓައިޓަލް ސްޕޮންސަރކަން މިއަދު އެލައިޑް އިންޝުއަރެންސް އިން ވަނީ އިއުލާންކޮށްފައެވެ. "އެލައިޑް ހުޅުމާލެ ރަން 2026" ގެ ނަމުގައި ކުރިއަށްގެންދާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 22 މެއި 2026 ގައި ހުޅުމާލޭ ސެންޓްރަލް ޕާކް ސަރަހައްދުގައެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކުން ނުހަނު ބޮޑު އިންތިޒާރެއް ކުރަމުން އަންނަ، ރާއްޖޭގައި ބޭއްވޭ ފާހަގަކޮށްލެވޭ އެއް ދުވުމެވެ.
މި ދުވުމުގައި އެކި އުމުރުފުރާތަކަށް ބައިވެރިވެވޭނެހެން ފޯރިގަދަ ހަތަރު ކެޓަގަރީއެއް ހިމަނާފައިވެއެވެ. މީގެ ތެރޭގައި އާއިލާތަކަށް ހާއްސަ 1 މައިލް ފެމިލީ ރަން، 5ކިލޯމީޓަރުގެ ދުވުން، 10 ކިލޯމީޓަރުގެ ދުވުން އަދި ތަޖުރިބާކާރު ދުވުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ 21 ކިލޯމީޓަރުގެ ހާފް މެރަތަން ހިމެނެއެވެ. ޖުމްލަ 2,500 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭ މި ދުވުމަކީ އިޖުތިމާއީ އެއްބައިވަންތަކަމުގެ އިތުރުން ދުޅަހެޔޮ ސިއްހަތެއްގެ މުހިންމުކަން ދައްކުވައިދޭނެ ހަރަކާތެކެވެ.
އެލައިޑް ހުޅުމާލެ ރަން 2026 ގެ ހާއްސަވާ އެއްކަމަކީ، ހުރިހާ ދުވުންތެރިންވެސް މިދުވުމުގައި ދުވާނީ އެލައިޑް އެކްސިޑެންޓަލް ކަވަރ އަކާއި އެކުގައެވެ. އެލައިޑުން ގަބޫލުކުރާ ގޮތުގައި ކޮންމެ ދުވުންތެރިއަކަށްވެސް މިފަދަ ހަރަކާތްތަކުގައި ދިމާވެދާނެ ކުއްލި ހާދިސާއަކަށް ތައްޔާރުވެގެން ތިބުމަކީ ވަރަށް މުހިންމުކަމެކެވެ.
މީގެ އިތުރުން، މި ދުވުން އިތުރަށް ފޯރިގަދަ ކުރުމުގެ ގޮތުން، ދުވުމުގެ އެކި ކެޓަގަރީ ތަކުން ވަނަތައް ހާސިލްކުރާ ފަރާތްތަކަށް އެލައިޑްގެ ފަރާތުން ހާއްސަ އިނާމުތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރޭގައި އެލައިޑް ހެލްތު ކަވަރޭޖާއި އަހަރީ ޓްރެވަލް ކަވަރޭޖް ހިމެނެއެވެ. މިއީ ދުވުން ނިމުމަށްފަހު ވެސް، ބައިވެރިންގެ ދުޅަހެޔޮކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އެލައިޑުން ބަހައްޓާ އަހަންމިއްޔަތުކަން ހާމަކޮށްދޭ ކަމެކެވެ.
އެލައިޑް ހުޅުމާލެ ރަން އަކީ ހަމައެކަނި ދުވުމުގެ މުބާރާތެއް ނޫނެވެ. މިއީ އެންމެން ގުޅިގެން ހާސިލުކުރެވޭނެ ކަންތައްތައް ފާހަގަކޮށް އިޖުތިމާއީ ރޫހު އާލާކުރާ ހަރަކާތެކެވެ. 22 މެއި 2026 ގައި ދުވުމަށް ތައްޔާރުވާ ކޮންމެ ދުވުންތެރިއަކަށްބޭނުންވާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ އެލައިޑުން ފަހުރުވެރިވާ ކަމެކެވެ.
ގުޅުން ހުރި ޙަބަރުތައް

ކެނދޫގެ ތަރައްޤީގެ ރޭހުގައި އިތުބާރު އޮތް ނަންތަކެއް: އަޙްމަދު ޝާން އާއި ނަޛީރާ އަޙްމަދުގެ ޓީމު
2 މިނިޓު ކުރިން

ފަހު ދިހައެއްގައި ބީއެމްއެލް ގެ ބްރާންޗްތަކުން އިން ޚިދުމަތް ލިބޭނީ މި މަހުގެ 11 އަދި 18ގައި
19 މިނިޓު ކުރިން

ވެމްކޯ ބޯޑަށް ޑިރެކްޓަރަކު އައްޔަންކޮށްފި
2 ގަޑިއިރު ކުރިން

ރާއްޖެއަށް ޑްރަގު ގެނައި ބިދޭސީ އަކު އުމުރަށް ޖަލަށް!
4 ގަޑިއިރު ކުރިން


.gif&w=3840&q=75)