
ލިއޯން އާއި ޕެރިސް އެފްސީ ވާދަކުރި މެޗުގެ ތެރެއިން..
ޕެރިސް އެފްސީ އަތުން ފަހުވަގުތު ލިއޯން ސަލާމްކޮށްދިނީ ޓޮލިސޯ

ހަސަން ޝަމްއޫން - 09 މާރިޗު 2026 - 01:33
ފްރާންސް ލީގް1 ގައި ރޭ އަމިއްލަ ދަނޑުގައި ޕެރިސް އެފްސީ އާއި ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިއޯން އިން ކާމިޔާބުކުރި ލަނޑާއެކު 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެ އެވެ.
ލީގުގައި ލިއޯން އެންމެ ފަހުން ކުޅުނު މެޗުގައި 3-2 ގެ ނަތީޖާއަކުން މާސޭ އަތުން ބަލިވެފައިވާއިރު، ލީގުގައި ޕެރިސް އެފްސީ އެންމެ ފަހުން ކުޅުނު މެޗުގައި އެޓީމުން ވަނީ 1-0 ގެ ނަތީޖާއަކުން ނީސް ބަލިކޮށްފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެންކުޅެ ލިއޯން އިން މެޗު ޑޮމިނޭޓްކުރި ނަމަވެސް މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޕެރިސް އެފްސީ އިންނެވެ. މިލަނޑު ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު މާޝަލް މުނެޓްސީ އެވެ. އަދި ލިއޯން އިން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ މިޑްފިލްޑަރު ކޮރަންޓިން ޓޮލީސޯ އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން ލިއޯންއަށް 46 ޕޮއިންޓް ލިބިފައިވާއިރު، ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ހަތަރުވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު 25 މެޗުން ޕެރިސް އެފްސީއަށް 27 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ތާވަލުގެ 13 ވަނައިގައެވެ.
ލީގުގައި ލިިއޯންއަށް ކުރިއަށް އޮތީ މިމަހުގެ 15 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލު ހާވާރ އާއި ދެކޮޅަށް ކުޅޭ މެޗެވެ. އަދި އެރޭ ރަށުން ބޭރުގައި ޕެރިސް އެފްސީ އިން ނުކުންނާނީ ރަށުން ބޭރުގައި ސްޓާރސްބާގް އާއި ދެކޮޅަށެވެ
ގުޅުން ހުރި ޙަބަރުތައް

ވާދަވެރި އިންޓަ މިލާން ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި
9 ގަޑިއިރު ކުރިން

ވުލްވްސް ބަލިކޮށް އެފްއޭކަޕްގެ ކުއާޓާ ފައިނަލުގެ ޖާގައެެއް ލިވަޕޫލުން ކަށަވަރުކޮށްފި
2 ދުވަސް ކުރިން

ފަހުވަގުތު ކާމިޔާބުކުރި ލަނޑާއެކު ރެއާލް މެޑްރިޑުން ސެލްޓަ ވީގޯ ބަލިކޮށްފި
2 ދުވަސް ކުރިން

ޕީއެެސްޖީ ބަލިކޮށް މޮނާކޯ އިން ބަދަލުހިފައިފި
2 ދުވަސް ކުރިން


.gif&w=3840&q=75)