logo
އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން..

އޭސީ މިލާނާއި އިންޓަ މިލާން ވާދަކުރި މެޗުގެ ތެރެއިން..

ވާދަވެރި އިންޓަ މިލާން ބަލިކޮށް އޭސީ މިލާނުން ފަރަގު ކުޑަކޮށްފި

profile

ހަސަން ޝަމްއޫން - 09 މާރިޗު 2026 - 01:25

އިޓާލިއަން ސެރީއޭގައި ރޭ އަމިއްލަ ދަނޑުގައި ވާދަވެރި އިންޓަ މިލާން 1-0 ގެ ނަތީޖާއަކުން ބަލިކޮށް އޭސި މިލާނުން ތާވަލުގެ ކުރީގައި އޮތް އިންޓަ އާއި ދެމެދުގައިވާ ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފިއެވެ.

https://wamco.com.mv/

ލީގުގައި އެސީ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ކްރެމޮނީސް އަތުން 2-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ލީގުގައި އިންޓަ މިލާން އެންމެ ފަހުން ކުޅުނު މެޗުގައި ކޯމޯ އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަތުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ވާދަކުރި ދެމެޗު ވެސް ކާމިޔާބުކޮށްފައިވަނީ އޭސީ މިލާނުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު އޭސީ މިލާނުން މެޗުގެ ލީޑުހޯދީ ފުރަތަމަ ހާފުގެ 35 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ޕަރވިސް އެސްޓޫޕިނަން އެވެ. މިއީ އުމުރުން 28 އަހަރުގެ ޑިފެންޑަރު އޭސީ މިލާންގެ ޖާޒީގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން އޭސީ މިލާން ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 25 މެޗުން އޭސީ މިލާނަށް 60 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ ދެވަނައިގައެވެ. އަދި މިމެޗުން ބަލިވި އިންޓަ މިލާނުން ލީގުގައި ކުޅުނު 25 މެޗުން ހޯދި 67 ޕޮއިންޓާއެކު އެޓީމު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

ލީގުގައި އޭސީ މިލާނަށް ކުރިއަށް އޮތީ މިމަހުގެ 16 ވަނަ ދުވަހުގެ ރޭ ރަށުން ބޭރުގައި ލާޒިއޯ އާއި ދެކޮޅަށް ކުޅޭމެޗެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި އިންޓަ މިލާނުން ނުކުންނާނީ އެޓަލާންޓާއާއި ދެކޮޅަށެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk