logo

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ދެން ދޫކުރާނީ މިފްކޯއިން

profile

މުޙައްމަދު ފަޟްލޫން - 12 ފެބްރުއަރީ 2026 - 04:22

ރޯދަ ހަދިޔާ މަސްދަޅު މާލެ ސަރަހައްދުގައި ދެން ދޫކުރާނީ މިފްކޯއިން ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.

https://wamco.com.mv/

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހަށް ކޮންމެ ގޭބިސީއަކަށް ސަރުކާރުން ދޭ ރޯދަ ހަދިޔާ ގްރޭޓަރ މާލެ ސަރަޙައްދުގައި ދޫކުރުމުގެ މަސައްކަތް ރޭގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.

އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ބަލައި ނާދެވޭ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގެ މާފަންނުގައި ހުންނަ މިފްކޯ މަރުކަޒުން ރޯދަ ހަދިޔާ ލިބޭނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އަދި ‏އެއްވެސް ސަބަބަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް ވެސް މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޭގަނޑު 8.30 އިން 11.00 އަށް ދޫކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލެ ސަރަހައްދުގައި ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޫކުރާ މަސްދަޅުކޭސް ދޫކުރަން ފެށީ ހުސްވި ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

މި އަހަރު މަސްދަޅު ކޭސް ބެހުމަށް ހަމަޖެހިފައިވަނީ ޖުމްލަ 118،773 ގޭބީސީއަކަށެއެވެ. އެއީ މާލޭގެ 61،755 ގޭބީސީއަކާއި އަތޮޅުތެރޭގެ 56،918 ގޭބީސީއެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk