logo

ރައީސް ޑރ މުހައްމަދު މުއިއްޒު ވޯޓް ލައްވައިފި

profile

މުޙައްމަދު ފަޟްލޫން - 04 އޭޕްރީލު 2026 - 08:50

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވޯޓް ލައްވައިފިއެވެ.

https://wamco.com.mv/

ރައީސް ޑރ މުއިއްޒު ވޯޓް ލެއްވީ ތާޖުއްދީން ސްކޫލްގައި ހުރި ވޯޓް ފޮއްޓަށެވެ.

ވޯޓް ލެއްވުމަށްފަހު މީޑިއާ އަށް ދެއްވި އިންޓަރވިއުގައި ރައީސް މުއިއްޒު ވަނީ ކޮންމެ މީހަކަށްވެސް ލިބިފައިވާ ވޯޓް ދިނުމުގެ ފަރުދީ ޒިންމާ އަދާކުރައްވަން އަދާކުރައްވަން ގޮވާލައްވާފައެވެ.

ވޯޓުލުން މިއަދު ހެނދުނު 8 އިން ފެށިގެން ހަވީރު 4 ޖެހުމާ ހަމައަށް ކުރިއަށް ދާނެއެވެ.

މުޅި ރާއްޖޭގައި 588 ވޯޓުލާ މަރުކަޒު ވަނީ ގާއިމުކޮށްފައެވެ. އިންތިޚާބުގައި ވޯޓުލުމަށް ކޮންމެ މީހަކަށްވެސް ތިން ކަރުދާސްކޮޅު ދޭނެއެވެ.

ކޮންމެ ކަރުދާހެއްވެސް ލާންޖެހޭނީ އެއިންތިޚާބަކަށް ކަނޑައަޅާފައިވާ ފޮއްޓަށެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮންމެ މަރުކަޒެއްގައިވެސް ވޯޓުލުމަށް ފަސޭހަ އިންތިޒާމުތަކެއް ވަނީ ހަމަޖައްސާފައެވެ.

https://wamco.com.mv/
https://drive.google.com/file/d/1kPKVYQhGXk9i5cqoangvGtG2NIUyaxD1/view?usp=drivesdk