
ނުވަ ސަރަހައްދެއްގައި ޔޫތު ހަބު ގާއިމު ކުރަނީ

ރިޟްވާން މޫސާ - 07 ފެބްރުއަރީ 2026 - 08:22
ރާއްޖޭގެ 9 ސަރަހައްދެއްގައި ޔޫތު ހަބުތައް ގާއިމުކޮށްދެއްވަން ނިންމާފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލް ޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ބަޔާނުގަ އެވެ. '
ރައީސް ވިދާޅުވީ ޒުވާނުންނާ ގުޅުންހުރި ހުނަރުވެރި ހަރަކާތްތައް ހިންގުމަށާއި އިންތިޒާމުކުރުމަށް މިހާރު ރާއްޖޭގެ ހުރިހާ ސިޓީއެއްގައި ޔޫތު ހަބު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވާކަމަށެވެ.
ޔޫތު ހަބު ޤާއިމުކުރުމަށް ބިން ހަމަޖައްސައި، އެކަމުގެ ޢަމަލީ މަސައްކަތް މިއަހަރުތެރޭ ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޔޫތު ހަބުތައް ފަރުމާކުރާނީ ޒުވާނުންނާއި ގުޅުންހުރި ތަފާތު ހުނަރުވެރި ޕްރޮގްރާމްތަށް ހިންގުމާއި، ޒުވާނުންނަށް ޚާއްސަކޮށްގެން މުނިފޫހިފިލުވުމުގެ އެކިއެކި ހަރަކާތްތައް ރާވައި އިންތިޒާމުކުރުމާއި، ޒުވާނުންނަށް ދުޅަހެޔޮ ހަށިހެޔޮ އަދި ނަފްސާނީ ގޮތުން ހިތްހަމަޖެހޭ ފަދަ މާހައުލެއް ގާއިމުކުރެވޭނެހެންނެވެ.
2025 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާ ވަނީ ޒުވާނުންނަށް ކަންކަން އުނގެނުމަށާއި، އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށާއި، އެކަކު އަނެކަކާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް މަގުފަހިކުރުމަށް މާލޭގައި ޔޫތު ހަބެއް ޤާއިމުކޮށް ހުޅުވައިދެއްވާފައެވެ.
ގުޅުން ހުރި ޙަބަރުތައް

ޗެއަރޕާސަން ވަޅަށް ފައިބައިގެން އުޅުއްވާތަން އެބަފެނޭ: ފަލާހް
4 ގަޑިއިރު ކުރިން

އެމްޓީސީސީ ސާބަސް ޔަންމާ ޕްރޮމޯޝަން ލޯންޗްކޮށްފި
5 ގަޑިއިރު ކުރިން

އެމްޓީސީސީން ކުޅުދުއްފުށީ ގެ ވޯކިން އިންޓަވިއު އަށް ބޮޑު ތަރުހީބެއް
8 ގަޑިއިރު ކުރިން

ކެންސަރު ބަލީގެ ޚިދުމަތްތަކަށް ޚާއްޞަ ޑައިގްނޯސްޓިކް ސެންޓަރެއް ގާއިމުކުރަނީ
9 ގަޑިއިރު ކުރިން


