logo
މީޑިއާ ކޮމިޝަނުގެ ބައެއް މެންބަރުން---

މީޑިއާ ކޮމިޝަނުގެ ބައެއް މެންބަރުން---

މީޑިއާ ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަރަނީގެ ރެކޯޑު މީޑިއާ ކޮމިޝަނުން ސާފުކޮށްދެނީ

profile

ޖިނާން ޙުސައިން ޖަބީން - 27 ނޮވެމްބަރު 2026 - 11:37

މިއަހަރުގެ މީޑިއާ ގްރާންޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ދަރަނީގެ ރެކޯޑު ސާފުކުރުމުގެ އެންމެހައި އިންތިޒާމުތަކެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހަމަޖައްސައިފިއެވެ.

https://wamco.com.mv/

އެ ކޮމިޝަނުން ކުރި އިއުލާނުގައި ވާގޮތުން، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތަށް، މީޑިއާގެ މަސްއޫލުވެރި ފަރާތްތަކުގެ މައްޗަށް އެއްވެސް ސާބިތު ދަރަންޏެއް އޮތްނަމަ، އެ ފަރާތަކީ ހުކުމާ އެއްގޮތަށް ގަވާއިދުން ފައިސާ ދައްކަމުން އަންނަ ފަރާތަކަށް ވާންޖެހެއެވެ. އަދި ގްރާންޓަށް އެދޭ ފަރާތްތަކުގެ މިފަދަ ރެކޯޑުތައް ސާފުކުރުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ސީދާ އެ ކޮމިޝަނުގެ ބެލުމުގެ ދަށުންނެވެ.

މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 3334335 ނުވަތަ 3334336 ނަންބަރު ފޯނާ ގުޅުއްވުމަށް އެ ކޮމިޝަނުން ވަނީ އެދިފައެވެ.

View post on Twitter

ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ވަނީ 35،124،332 (ތިރީސް ފަސް މިލިއަން އެއްލައްކަ ސައުވީސް ހާސް ތިންސަތޭކަ ބައްތިރީސް) ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. އެމްއެމްބީސީން ހާމަކުރި ގޮތުގައި، ޝަރުތު ފުރިހަމަވާ މީޑިއާތަކަށް މި ފައިސާ ދޫކުރުމަށް ހަމަޖެހިފައިވަނީ އެއްފަހަރާ އެއް ޕޭމަންޓުގެ ގޮތުގައެވެ. މި އެހީތެރިކަމަށް އެދި ކުރިމަތިލުމުގެ ފުރުސަތު ބުދަ ދުވަހުން ފެށިގެން ހުޅުވާލާފައިވާއިރު، އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ 3 ޑިސެމްބަރު 2026 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 އެވެ.

މާލީ އެހީތެރިކަމަށް އެދި ހުށަހަޅަން ޖެހެނީ ސަރުކާރުގެ "ވަންގަވް" ޕްލެޓްފޯމްގައި ގާއިމުކޮށްފައިވާ "މީޑިއާއެޕް" ޕޯޓަލް މެދުވެރިކޮށެވެ.

https://wamco.com.mv/
tel:+9607331319