logo
މީޑިއާ ކޮމިޝަނުން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން---

މީޑިއާ ކޮމިޝަނުން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން---

ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު އިތުރުކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 27 އޮކްޓޯބަރު 2026 - 14:14

ރާއްޖޭގައި ހިންގާ ނޫސް މަޖައްލާތައް އަލުން ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު، އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްއެމްބީސީ) އިން ހާމަކޮށްފިއެވެ.

https://wamco.com.mv/

މީގެ ކުރިން، ނޫސް މަޖައްލާތައް ރީ-ރަޖިސްޓްރީ ކުރުމުގެ މުއްދަތު މިހިނގާ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހަމަވާގޮތަށް ކަނޑައަޅާފައި އޮތް ނަމަވެސް، އެމްއެމްބީސީން މިހާރު ވަނީ މި މުއްދަތު އިތުރު ތިން މަސް ދުވަހަށް ދަންމާލައި، އައު ސުންގަޑިއަކަށް 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 28 ވާ ބުދަ ދުވަހުގެ ރޭގަނޑު 23:59 ކަނޑައަޅާފައެވެ. މި ތާރީހުން ފަހުން ރީ-ރަޖިސްޓްރީ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ، އައު ގަވާއިދުގެ ދަށުން ބާތިލުވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

View post on Twitter

މީގެ ކުރިން ކަމާބެހޭ ވުޒާރާތަކުން ބަލަހައްޓަމުން ގެންދިޔަ ނޫސް މަޖައްލާތަކުގެ ދަފްތަރު، އަލަށް އެކުލަވާލެވުނު ގާނޫނުގެ ދަށުން މިހާރު ބަލަހައްޓަނީ އެމްއެމްބީސީންނެވެ. އެއާއެކު، ނޫސް މަޖައްލާ ރަޖިސްޓްރީކުރުމާއި، ހިންގުމާއި، ހިދުމަތް ދިނުމުގެ އުސޫލުތައް ބަޔާންކޮށް އެކުލަވާލި އައު ގަވާއިދަށް އަމަލުކުރަން ފެށި ފަހުން، މިހާތަނަށް ރަޖިސްޓްރީކޮށްދީފައިވަނީ ޖުމްލަ 63 ނޫސް މަޖައްލާއެކެވެ.

އައު ގަވާއިދުގައި މީޑިއާގެ ވަސީލަތްތައް މައިގަނޑު ހަތަރު ގިންތިއަކަށް ވަނީ ބަހާލައިފައެވެ. އެއީ ނޫސް، މަޖައްލާ، ނިއުސްލެޓަރ އަދި ޖާނަލްއެވެ. މި ވަސީލަތްތައް ޗާޕުކޮށްގެންނާއި، ވެބްސައިޓް، މީސްމީޑިއާ، މޯބައިލް އެޕްލިކޭޝަން އަދި އެހެނިހެން އިލެކްޓްރޯނިކް ޕްލެޓްފޯމްތައް މެދުވެރިކޮށް ހިންގުމުގެ ފުރުސަތު މި ގަވާއިދުގެ ދަށުން ވަނީ ފަހިކޮށްދީފައެވެ.

މި ގަވާއިދުގެ ދަށުން ރަޖިސްޓްރީ ދޫކުރަނީ 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ. އަދި ރަޖިސްޓްރީގެ މުއްދަތު ހަމަވުމުގެ 90 ދުވަސް ކުރިން އެ މުއްދަތު އިތުރުކުރުމަށް ހުށަހަޅަންޖެހޭއިރު، އެއްވެސް ވަސީލަތަކުން ޝާއިއުކުރުން މެދުކަނޑާލާތާ އެއް އަހަރު ވެއްޖެނަމަ އެތަނެއްގެ ރަޖިސްޓްރީ އުވިގެންދާނެއެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތު ހަމަވުމުގެ ކުރިން ހުރިހާ މީޑިއާތަކަކުން ވެސް ރަޖިސްޓްރީވުމުގެ އެންމެހައި އިޖުރާއަތްތައް ފުރިހަމަކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

https://wamco.com.mv/
tel:+9607331319