logo
މާލެ ސަރަހައްދަށް ދުންފުހުގެ އަސަރުކޮށްފައި---

މާލެ ސަރަހައްދަށް ދުންފުހުގެ އަސަރުކޮށްފައި---

ދުންފުހުގެ އަސަރުކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފި

profile

ޖިނާން ޙުސައިން ޖަބީން - 28 އޮކްޓޯބަރު 2026 - 05:14

ދުންފުހުގެ ސަބަބުން ރާއްޖޭގެ ވައިގެ ފެންވަރު ދަށްވެފައިވާތީ، އާންމު ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

https://wamco.com.mv/

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ، މި ދުވަސްވަރު ރާއްޖޭގެ އެކި އަތޮޅުތަކަށް ދުންފުހުގެ އަސަރު ކުރަމުންދާތީ، ސިއްހީ ރައްކާތެރިކަމަށްޓަކައި ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށެވެ. އަދި ވައި ސާފު މިންވަރު މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ވެބްސައިޓް ނުވަތަ އައިކިޔު އެއަރ (IQAir Visual) އެޕް މެދުވެރިކޮށް ބެލޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

View post on Twitter

މިވަގުތު ރާއްޖޭގެ ތެރެއިން ވައިގެ ފެންވަރު އެންމެ ދަށްކޮށް ހުރީ ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގައެވެ. ކުޅުދުއްފުށީގައި ވައިގެ ފެންވަރު ހުރީ 165 ޔޫ.އެސް. އެއަރ ކޮލިޓީ އިންޑެކްސްގައެވެ. އަދި ފުނަދޫގައި ހުރީ 158 ގައެވެ. މާލޭގައި 127 ގައި ހުރިއިރު، ވިލިމާލޭގައި ހުރީ 124 ގައެވެ.

އެއަރ ކޮލިޓީ އިންޑެކްސް 151 އާއި 200 އާ ދެމެދުގައި ހުންނަ ނަމަ، ސިއްހީ ގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާ ހުރިހާ އެންމެންނަށް ވެސް ބޮޑެވެ. ހާއްސަކޮށް، ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް މިކަމުގެ ސަބަބުން ބަލި އިތުރަށް ގޯސްވުމުގެ ނުރައްކާ ބޮޑުކަމަށް ސިއްހީ މާހިރުން ފާހަގަކުރައްވައެވެ.

ވައި ނުސާފުވުމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތަކުން ރައްކާތެރިވުމަށްޓަކައި، މި ދުވަސްވަރު ބޭރުގައި އުޅޭއިރު މާސްކެއް ބޭނުންކުރުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުން ވަރަށް މުހިންމު ކަމަށް ސިއްހީ މާހިރުން އިލްތިމާސްކުރެއެވެ. މީގެ އިތުރުން، ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މިދުވަސްވަރު ބޭރަށް ނުނިކުތުމަށް ވެސް ވަރަށް ބޮޑަށް ބާރުއަޅުއްވައެވެ.

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމާ ދިމާކޮށް ރާއްޖެއަށް މި މައްސަލަ ކުރިމަތިވާކަން ފާހަގަކުރެވެއެވެ.

https://wamco.com.mv/
tel:+9607331319