logo

ވޭތުވެދިޔަ ހަފުތާގައި 13 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފި

profile

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 11:50

https://wamco.com.mv/

ވޭތުވެދިޔަ ހަފުތާގެ ތެރޭގައި މާލެ ސަރަޙައްދުން ހިމަބިހި ޖެހިފައިވާ 13 މީހަކު ފެނިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިހާތަނަށް ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ ޢަދަދު މިހާރު ވަނީ 282 އަށް އަރާފައެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ކަނޑައަޅާފައި ވީނަމަވެސް، މަދުމަދުން މި ބަލީގެ ކޭސްތައް ފެންނަމުންދެއެވެ. މިގޮތުން ބަލީގެ ކޭސްތައް ފެންނަން ފެށުމާއެކު، ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ މިންގަނޑުތަކާ އެއްގޮތަށް އެޗްޕީއޭއިން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އޭގެ ތެރޭގައި، ބަލި ޖެހިފައިވާ މީހުން ދެނެގަތުމާއި، އެމީހުންނާ ދިމާވެފައިވާ ފަރާތްތައް ހޯދައި ވެކްސިން ދިނުމުގެ އިތުރުން، އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްތައް ހިމެނެއެވެ.

މި ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން، ބަލި ޖެހިގެން ރިޕޯޓުކުރާ މިންވަރު މިހާރު ދަނީ ދަށްވަމުންނެވެ.

ހިމަބިހި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެޗްޕީއޭއިން ކުރިއަށްގެންދާ ވެކްސިން ދިނުމުގެ ޚާއްޞަ ކެމްޕޭނުގެ ދަށުން، މިހާތަނަށް 16،423 މީހުންނަށް ވެކްސިން ޖަހާފައިވާ ކަމަށް އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

https://wamco.com.mv/
tel:+9607331319