logo

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ޅ. މާފިލާފުށީގައި ފެށިގެން ކުރިޔަށް!

profile

އާމިނަތު ޝަޒްލާ - 22 ސެޕްޓެމްބަރު 2026 - 12:08

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން ކުރިއަށްގެންދާ ޚާއްޞަ އަސްކަރީ ތަމްރީނުތަކެއް ޅ. މާފިލާފުށީގައި ފަށައިފިއެވެ.

https://wamco.com.mv/

މިކަމާ ގުޅޭގޮތުން ދިފާޢީ ވުޒާރާއިން ބުނީ، އެމްއެންޑީއެފްއިން ކުރިއަށްގެންދާ މި އަސްކަރީ ތަމްރީނުތައް މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހެއްގެ އިރުއޮއްސި 18:00 އިން ރޭގަނޑު 23:59 އަށް އެރަށުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނީ މި ތަމްރީނުތަކުގައި ބަޑި ޖެހުމުގެ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ. އެގޮތުން މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ މާފިލާފުށްޓާއި އެރަށުގެ ވަށައިގެންވާ ސަރަހައްދުން 200 މީޓަރުގެ ދުރުމިނަށް ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ. އަދި މި ހަރަކާތުގައި ބޭނުންކުރާ ވަޒަން ވައިގެ ތެރެއަށް ދަތުރުކުރާނެ އެންމެ އުސްމިނަކީ 200 މީޓަރު ކަމަށްވެސް ވަނީ ހާމަކޮށްފައެވެ.

މި ތަމްރީނުތައް ކުރިއަށްދާ ވަގުތުތަކުގައި މާފިލާފުށި ވަށައިގެންވާ ކަނޑުގެ ސަރަހައްދުން ދަތުރުފަތުރުކުރާ އުޅަނދުފަހަރުން އެކަމަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ޚާއްޞަކޮށް، ބަޑިޖަހާ ވަގުތުތަކުގައި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ޅ. މާފިލާފުށްޓަކީ ޒަމާނުއްސުރެ ސިފައިންގެ އަސްކަރީ ތަފާތު ތަމްރީނުތައް ދިނުމަށް ޚާއްޞަކޮށްފައިވާ މަރުކަޒެކެވެ. އެގޮތުން ސިފައިންގެ އަސާސީ ތަމްރީނު ކޯސްތަކާއި، ކޮމާންޑޯ ތަމްރީނުތަކުގެ އިތުރުން ހަތިޔާރު ބޭނުންކޮށްގެން ހިންގާ ގިނަ ތަމްރީނުތަކެއް މާފިލާފުށީގައި ހުންނަ "ދަ ކޮމްޕޮސިޓް ޓްރެއިނިންގ ސެންޓަރ" (ސީޓީސީ) ގައި ސިލްސިލާކޮށް ކުރިއަށްގެންދެއެވެ. ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށާއި އަސްކަރީ ހުނަރުތައް ތަރައްޤީކުރުމަށް މިފަދަ ތަމްރީނުތައް މާފިލާފުށީގެ އިތުރުން މާލެ ސަރަހައްދުގައްޔާއި އައްޑޫ ސިޓީގެ ސިފައިންގެ މަރުކަޒުތަކުގައިވެސް ދޭތެރެ ދޭތެރެއިން ކުރިއަށްގެންދެއެވެ.

ޤައުމީ ދިފާޢީ ބާރުން ހާމަކުރާ ގޮތުގައި މިފަދަ ތަމްރީނުތަކުގެ މައިގަނޑު މަޤްޞަދަކީ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާ އަބަދުވެސް ތައްޔާރީ ޙާލަތެއްގައި ބޭތިއްބުމާއި، ދިމާވެދާނެ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައި ސިފައިންގެ ހުނަރާއި ހިތްވަރު އެންމެ މަތީ ދަރަޖައިގައި ދެމެހެއްޓުމެވެ. މީގެއިތުރުން ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލު ޙިމާޔަތްކުރުމުގެ ޤާބިލުކަން އިތުރުކުރުމަކީވެސް މިފަދަ ތަމްރީނުތަކުގެ މުހިންމު ބޭނުމެކެވެ.

https://wamco.com.mv/
tel:+9607331319