
14 ދުވަސް ފަހުން އެމްޑީޕީގެ އެކްޓިވިސްޓް ޝާމިން ދޫކޮށްލައިފި

މުޙައްމަދު ފަޟްލޫން - 22 ސެޕްޓެމްބަރު 2026 - 12:51
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމަށްފަހު، 14 ދުވަސް ފަހުން އިދިކޮޅު އެމްޑީޕީގެ އެކްޓިވިސްޓް މުހައްމަދު ޝާމިން ބަންދުން ދޫކޮށްލައިފިއެވެ.
ކޯޓު އަމުރެއްގެ ދަށުން ފުލުހުން ޝާމިން ހައްޔަރުކޮށްފައިވަނީ މި ސެޕްޓެމްބަރު މަހުގެ 08 ވަނަ ދުވަހު އެވެ.
ޝާމިން ހައްޔަރުކުރީ އެ ދުވަހުގެ 11 ދުވަސް ކުރިން، މާލޭގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއެއްގެ މައްސަލައިގައެވެ.
ޝާމިން ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައިވާ ގޮތުން، އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު އެމްޑީޕީން ބޭއްވި އެއްވުމުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، މަގު ބަންދުކުރުމަށް ފުލުހުން ޖަހާފައި ހުރި ބެރިކޭޑުތައް ހުރަސްކުރި ކަމުގެ ތުހުމަތުގައެވެ.
ހައްޔަރުކުރުމަށްފަހު ޝާމިންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ފުރަތަމަ އަމުރުކުރީ އޭނާ 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށެވެ. އަދި އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، ދެވަނަ ފަހަރަށް ވަނީ ބަންދުގެ މުއްދަތު 4 ދުވަހަށް އިތުރުކޮށްދީފައެވެ.
ޝާމިން ހައްޔަރުކޮށް ބަންދުގައި ބެހެއްޓުމާ ގުޅިގެން އެމްޑީޕީންނާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އޭނާ ވަގުތުން ދޫކޮށްލުމަށް ގޮވާލައި މީސްމީޑިއާގައި އަޑުއުފުލައި، ކަންބޮޑުވުން ފާޅުކޮށްފައެވެ. ޝާމިން ދޫކޮށްލާފައި މިވަނީ އޭނާގެ ބަންދަށް ދިން 14 ދުވަހުގެ މުއްދަތު ހަމަވުމުންނެވެ.
ގުޅުން ހުރި ޙަބަރުތައް

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި
4 ގަޑިއިރު ކުރިން

ވަރލްޑް ޓްރެވަލް އެވޯޑްސް 2026ގެ ޕްލެޓިނަމް ޓައިޓަލް ސްޕޮންސަރަކަށް ބީއެމްއެލް ސޮއިކޮށްފި
4 ގަޑިއިރު ކުރިން

ސިފައިންގެ އަސްކަރީ ތަމްރީނުތަކެއް ޅ. މާފިލާފުށީގައި ފެށިގެން ކުރިޔަށް!
5 ގަޑިއިރު ކުރިން

ދިވެހި ޅެންވެރިންގެ ދަފުތަރު އަދާހަމަކުރުމުގެ މަސައްކަތް ދިވެހިބަހުގެ އެކެޑަމީން ފަށައިފި
5 ގަޑިއިރު ކުރިން


