
ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު / ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ހިލޭ ޑިގްރީ ޕްރޮގްރާމަށް އަންނަ އަހަރުގެ ބަޖެޓްގައި 136.3 މިލިއަން ރުފިޔާ ހިމަނައިފި

މުޙައްމަދު ފަޟްލޫން - 30 އޮކްޓޯބަރު 2026 - 06:29
ހިލޭ ޑިގްރީ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އަންނަ އަހަރުގެ ބަޖެޓްގައި 136.3 މިލިއަން ރުފިޔާ ހިމެނިފައިވާނެ ކަމަށް ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަމުން ތައުލީމީ ދާއިރާގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް އަންނަ އަހަރު ރާއްޖޭގެ އެކި ރަށްރަށުގައި ހިންގަން ހަމަޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި ތައުލީމީ ދާއިރާއިން ހިންގަން ހަމަޖެހިފައިވާ މަޝްރޫއުތަކުގެ ތެރޭގައި ކްލާސްރޫމްތައް އިތުރު ކުރުމާއި މަލްޓި ޕާޕަސް ހޯލްތައް ގާއިމްކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ލެބޯޓްރީތަކާއި މަތީ ތައުލީމަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރަން އަންނަ އަހަރު ސަރުކާރުން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ސްކޫލް އިންފްރާސްޓްރަކްޗަރ އާއި އިންކްލޫސިވް އެޑިއުކޭޝަންގެ ނިޒާމް ވަރުގަދަކުރަން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީ އިތުރަށް ހަރުދަނާކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމެނިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މަތީ ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށް ލޯނު ފެސިލިޓީގެ ގޮތުގައި 651 މިލިއަނަށްވުރެ ގިނަ ރުފިޔާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ގުޅުން ހުރި ޙަބަރުތައް

ދަތުރުދާއިރު ފޮށި ބަންދުކުރުމަށް ފަސޭހަ އަދި މުހިންމު އިރުޝާދުތަކެއް
33 މިނިޓު ކުރިން

ރޭޕް ކޭސް: ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކުރުމާ އެކު އިތުރު ބައެއްގެ ބަންދު އިތުރުކޮށްފި
33 މިނިޓު ކުރިން

ޔޫސީއެލްޖީ އެސްޕެކްގެ ހަވާސާ ބައްދަލުވުމުގައި މާލޭގެ މޭޔަރު ބައިވެރިވެވަޑައިގެންފި
ގަޑިއިރެއް ކުރިން

ޓްރިވެންޑްރަމަށް ބޭހަށް ގޮސް އުޅެނިކޮށް ގެއްލުނު އަލީ އިބްރާހިމް ފެނިއްޖެ
ގަޑިއިރެއް ކުރިން


